މާލޭ އިމާރާތެއްގެ 10 ވަނަ ފަންގިފިލާއިން ފުންމާލި އަންހެނަކު މަރުވެއްޖެ

މާލޭގެ އިމާރާތެއްގެ 10 ވަނަ ފަންގިފިލާ އިން ފުންމާލި އަންހެނަކު މަރުވެއްޖެ އެވެ.

ފުލުހުން ވަނީ އެކަން މި ނޫހަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ކަސްޓަމްސް ކައިރީގައި ހުރި އެ އިމާރާތުން ފުންމާލި އަންހެނަކަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ ކަމަށެވެ.

އެއީ ކޮން އުމުރެއްގެ މީހެއް އަދި ކޮން ގައުމެއްގެ މީހެއް ކަމެއް އަދި ނޭނގެ އެވެ. އެކަން ފުލުހުންވެސް އަދި ކަށަވަރުކޮށެއް ނުދެ އެވެ.

ނަމަވެސް އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.