ބިދޭސީންނާ ގުޅޭ ގޮތުން ދައުލަތަށް ދައްކަން ޖެހޭ ވޯކް ޕާމިޓާއި ކޯޓާ ފީ ނުދައްކައި ޖޫރިމަނާ އެރި ނަމަވެސް އެ ފައިސާ ނުދައްކައި ތިބި ކުންފުނިތަކުގެ ލިސްޓު އާންމު ކުރުމާ ގުޅިގެން އެ ފައިސާތައްދައްކައި ހަލާސްކުރި ކުންފުނިތަކުގެ ނަންތައް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިރޭ އިއުލާންކޮށްފި އެވެ.
ބިދޭސީންނާ ގުޅޭ ގޮތުން ދައުލަތަށް ދައްކަން ޖެހޭ ވޯކް ޕާމިޓާއި ކޯޓާ ފީ ނުދައްކައިގެން ޖޫރިމަނާ އަރާފައިވާ ކުންފުނިތަކުގެ ލިސްޓު ހޯމް ލޭންޑުން ވަނީ މިދިޔަ ޖުލައިގެ 24 ގައި އާންމުކޮށްފަ އެވެ. . ރާއްޖޭގައި ހިންގާ ބޮޑެތި ކުންފުނިތައް ހިމެނޭހެން 1،026 ކުންފުންޏަކުން 636 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް އެ ލިސްޓުގައިވެ އެވެ. އެ ލިސްޓު އާންމުކުރިތާ ތިން ހަފުތާ ވީ ދުވަހު ހޯމް މިނިސްޓްރީން ބުނީ އެ ފައިސާގެ ތެރެއިން 182،954،572ރ. ރިކަވާ ކުރެވިފައިވާ ކަމަށެވެ.
ހޯމް ލޭންޑުން މިރޭ ވަނީ ޖޫރިމަނާ ފައިސާ ނުދައްކާ ކުންފުނިތަކުގެ ލިސްޓުގައި ހިމެނުނު ކުންފުނިތަކުގެ ތެރެއިން މިދިޔަ ތިން ހަފުތާ ތެރޭގައި އެއްކޮށް ފައިސާ ދައްކައި ހަލާސްކުރި ފަރާތްތަކުގެ ނަންތައް އާންމުކޮށްފަ އެވެ.
ފައިސާ ދައްކައިފައިވާ ކުންފުނިތައް:
އެލިއާ ކޮންސްޓްރަކްޝަން
އަންގިރި ރިސޯޓްސް މެނޭޖުމަންޓް އެންޑް އޮޕަރޭޝަންސް
ބްރެނީނާ މޯލްޑިވްސް
ޗިކާނޯ އިންވެސްޓްމަންޓްސް
އީސްޓް ކޯސްޓް އިންވެސްޓްމަންޓު
ގޭޖް
ހެވީ ފޯސް
ހޮރައިޒަން ފިޝަރީޒް
އިންޓަނޭޝަނަލް ބެވަރޭޖަސް ކޮމްޕެނީ
މަހޮގަނީ ޕްރައިވެޓް ލިމިޓެޑް
ޕެސްޓް އެކްސް މޯލްޑިވްސް
ޕްރިސްޓީން އައިލެންޑްސް އިންވެސްޓްމަންޓް
ރެޑްވޭވް
ރެނާޓަސް ޕްރޮޖެކްޓްސް
ސީގަލް ގުރޫޕް
އެސްކޭ މޯލްޑިވްސް
ދަ ހޯކްސް
ޔުނިވާސަލް އެންޓަޕްރައިސަސް
ވިލާ ހަކަތަ
ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ
އޭގެ ތެރޭގައި ހިމެނޭ، ރެޑްވޭވް، ވިލާ ޝިފިން އަދި ވިލާ ހަކަތާއި އެލިއާގެ އިތުރުން ޔުނިވާސަލް އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުންދާ އެންމެ ބޮޑެތި ކުންފުނިތަކެ




ގުޅުންހުރި
ބަނގުރާ ގެންގުޅެ، ބޭނުންކުރާކަމުގެ ތުހުމަތުގައި ނޭޕާލް ބަޔަކު ހައްޔަރުކޮށް ޑީޕޯޓްކޮށްލަން ނިންމައިފި
މައުލޫމާތު ނުދިން 500 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފިން: އިހުސާން
ނަރުހުންނާއި ޓީޗަރުން ހިމެނޭހެން ވަޒީފާތަކަށް ބިދޭސީން ގެނައުން މަނާކުރަނީ
4 މަސާޖު ޕާލާއެއް ރެއިޑުކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 4 ބިދޭސީއަކު
ހަށި ވިއްކަން ތިބި ބަޔަކު އަނެއްކާވެސް ހައްޔަރުކޮށްފި، ގިނަ އަދަދެއްގެ ޑޮލަރުވެސް
281 ބަނގުރާ ފުޅި އާއެކު ބަނގުރާ ވިއްކާ ބޮޑުންތަކެއް ހައްޔަރުކޮށްފި