ރޮސިކިއުޓަ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ދެ ޖަލްސާއެއް ބާއްވަން ނިންމާފައިވާ ކަމަށް މަޖިލީހުގެ ނަިއބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ޕީޖީގެ މަގާމުގައި ހުންނެވި ހުސެއިން ޝަމީމު މިރޭ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އެއާއެކު އެ މަގާމު ވަނީ ހުސްވެފަ އެވެ. ޕީޖީގެ މަގާމު އެއްވެސް ހާލަތެއްގައި ހުސްވެއްޖެނަމަ، މަގާމު ހުސްވާތާ އެންމެ ލަސްވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އާ ބޭފުޅަކު މަގާމަށް އައްޔަން ކުރަންޖެހޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.
ޝަމީމު އިސްތިއުފާ ދެއްވި ނަމަވެސް މިރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވެސް ވަނީ ޝަމީމު ވަކިކުރަން ފާސްކޮށްފަ އެވެ. އެ ޖަލްސާއަކީ 20 ވަނަ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާ އެވެ.
އެހެންވެ، މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖީލިހުގެ ފުރަތަމަ ދައުރު މިރޭ ނިންމައިލި ނަމަވެސް، އާ ޕީޖީއަކު އައްޔަން ކުރުމަށްޓަކައި ދައުރުން ބޭރުގައި ދެ ޖަލްސާއެއް ބާއްވަން ޖެހޭނެ ކަމަށް، މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމު ވިދާޅުވި އެވެ.
އެއީ ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވާ ސިޓީ އިއްވުމުގެ ޖަލްސާ އާއި، އެ ބޭފުޅަކަށް މަޖިލީހުން ރުހުން ދިނުމަށް ބާއްވާ ޖަލްސާ އެވެ.




ގުޅުންހުރި
ދަރިފުޅު ބެލުމަށް މުވައްޒަފުންނަށް އިތުރު ވަގުތު ދޭން އިސްލާހެއް
ބޮޑެތި ބަލިތަކުގެ މީހުންނަށް ޕެންޝަން ފައިސާ އެއްފަހަރާ ނެގޭ ގޮތް ހަދަން
ރަނގަޅު ގޮތަކީ ކައުންސިލު އިންތިހާބާއެކު ހިޔާލު ހޯދުމުގެ ވޯޓު ނެގުން: އުޝާމް
މާނުގެ މައްޗަށް ފަސް ދައުވާއެއް ސާބިތުނުވާ ކަމަށް ހުކުމްކޮށްފި
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި