އޭޝިއާއަށް މި އަހަރު އައި އެންމެ ބާރުގަދަ ތޫފާން ވިއެޓްނާމަށް އަރައި، މިހާތަނަށް ހަތަރު މީހަކު މަރުވެއްޖެ އެވެ.
އިންޑޯ-ޕެސިފިކް ޓްރޮޕިކަލް ސައިކްލޯން ވޯނިން ސެންޓަރުން ބުނި ގޮތުގައި، ޔާގީގެ ނަން ދީފައިވާ އެ ސުޕާ ޓައިފޫން އިއްޔެ އަރާފައިވަނީ ވިއެޓްނާމުގެ ދެ ޕްރޮވިންސަކަށެވެ. އެ ތޫފާނުގައި ގަޑިއަކު 203 ކިލޯމީޓަރަށް ވައި ޖެހިފައިވާއިރު، 20 ސެންޓިމީޓަރުގެ ވާރޭ އިއްޔެ އެކަނިވެސް ވެހިފައިވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން، ވައިގަދަވުމުގެ ސަބަބުން ޓިނުތަކާއި ކޮމާޝަލް ސައިން ބޯޑް ފަދަ އެއްޗެހި ވިއްސައިގެން ގޮސް އިމާރާތްތަކާއި ވެހިކަލްތަކަށް ގެއްލުންވެފައިވާއިރު، ވެރިރަށް ހަނާއީގެ ގަސްތައް ވެއްޓި ކަރަންޓުވެސް ވަނީ ކެނޑިފަ އެވެ.
ތޫފާނުގައި މިހާތަނަށް 78 މީހަކަށް އެކިވަރުގެ އަނިޔާ ވެފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.
ޔާގީ ވިއެޓްނާމަށް އަރާފައި މިވަނީ ޓޫރިސްޓުންގެ މެދުގައި މަގުބޫލު އަދި ޗައިނާގެ ހަވާއީގެ ނަމުން މަޝްހޫރު ހައިނަންއަށް އެރުމަށްފަހު އެވެ. ތޫފާނުގައި ޗައިނާ އިން ތިން މީހަކު މަރުވެ، 100 އެއްހާ މީހުންނަށް އަނިޔާވި އެވެ.

ގުޅުންހުރި
އިންޑިއާ މީހަކު އޭނާގެ 65 އަހަރުގެ މަންމަ ދެ ފަހަރަށް ރޭޕްކޮށްފި
ޕާކިސްތާނުގައި ފެންބޮޑުވެ 48 ގަޑިއިރު ތެރޭ 344 މީހުން މަރުވެއްޖެ
ޣައްޒާގެ ރައްޔިތުންނަށް އިންޑޮނޭޝިއާގެ ފަޅު ރަށެއްގައި މެޑިކަލް ފެސިލިޓީއެއް ހަދަނީ
އިޒްރޭލުން ގޭސް ގަންނަން މިސްރުން އެއްބަސްވެއްޖެ، އަގު 35 ބިލިއަން ޑޮލަރު!
ޖަރުމަނުން އިޒްރޭލަށް ހަތިޔާރު ވިއްކުން ހުއްޓާލަން ނިންމައިފި
އިޒްރޭލަށް ޖާސޫސު ކޮށްދިން އީރާނުގެ ސައިންޓިސްޓަކަށް މަރުގެ އަދަބު ދީފި