ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރުކަމުގެ މަގާމަށް، އިސްމާއީލް ހަބީބު އަބްދުއްރަހީމް، ރައީސް ޑރ. މުހައްމަދު މުއިއްޒު، އައްޔަންކުރައްވައިފިއެވެ.
ހަބީބު މީގެ ކުރިން ހުންނެވީ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސްގެ މަގާމުގަ އެވެ. ހަބީބު އެ މަގާމު އަދާކުރެއްޗީ 2021 2024 އަށެވެ. އޭގެ ކުރިން ހަބީބު ވަނީ އީސީގެ މެންބަރުގެ މަގާމުގެ ދެ ދައުރު އަދާކުރައްވައިފަ އެވެ.
ހަބީބު ވަނީ ވިލާ ކޮލެޖުން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ހާސިލު ކުރައްވައިފަ އެވެ. އަދި ވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)އިން މާސްޓާ އޮފް އާޓްސް (ދިވެހި ލޭންގުއޭޖް) ހާސިލުކުރައްވައިފައެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް މުއިއްޒު ވަނީ އެޗްއާރްސީއެމްގެ މެންބަރު ކަމަށް ހަބީބު އައްޔަން ކުރެއްވިކަމުގެ ލިޔުން އޭނާއާ ހަވާލުކޮށްދެއްވައިފަ އެވެ.
އެ ރަސްމިއްޔާތުގައި ހަބީބު ވަނީ އެޗްއާރްސީއެމްގެ މެންބަރުކަމުގެ ހުވާ ރައީސް މުއިއްޒުގެ ކުރިފުޅުމަތީގައި ކުރައްވައިފަ އެވެ. ހަބީބަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިންއެވެ.




ގުޅުންހުރި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ބައެއް ނޫން، އެއީ ވެރިކަމުގެ ފަށަލައެއް:
އެޗްއާރުސީއެމްގެ ރައީސަކަށް ރަމީލާ އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި
ފިކުރީ މުދާ ހިމާޔަތްކުރާ އޮފީސް އުފައްދައިފި
”ޕްރޮޖެކްޓް އައިލާ“ ގެ ނަމުގައި ”ސަސްޓެއިނަބަލް ޓައުންޝިޕް“ އެއްގެ ގޮތުގައި އެސްއީޒެޑްއެއް
މިމަހު އެކަނިވެސް 96 މަސާޖު ޕާލާ ބަންދުކޮށްފި