ނޮވެމްބަރ 22, 2024

ކޮމިޔުނިކޭޝަން އޮތޯރިޓީ ހޯމްލޭންޑް ދަށަށް

ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) ހޯމްލޭންޑް، ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ދަށަށް ބަދަލުކުރައްވައިފި އެވެ.

ކުރިން ކޭމް ހިންގަމުންގެންދިޔައީ ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ދަށުންނެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ދެންނެވުމެއްގައި ވަނީ ކޭމް އަކީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ މިހާރު ހަމަޖައްސަވާފައިވާ ކަމަށެވެ.

ރައީސްގެ އެ ނިންމެވުމާ އެކު، ހޯމް މިނިސްޓްރީގެ ދަށުން މިހާރު އަށް އިދާރާއެއް ހިންގާގޮތަށް ވަނީ ހަމަޖެހިފައެވެ.

ހޯމްލޭންޑް، ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަށް:

1- މޯލްޑިވްސް އިމިގްރޭޝަން

2- ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު)

3- ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)

4- ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)

5- ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް

6- ނޭޝަނަލް ސައިބާ ސެކިއުރިޓީ

7- ލޭބަ ރިލޭޝަން އޮތޯރިޓީ (އެލްއާރުއޭ)

8- ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)