މާދަމާ ހެނދުނު އެއް ގަޑިއިރަށް މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން މިއަދު ބުނެފި އެވެ.
ސްޓެލްކޯ އިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ހުޅުމާލެގެ 2 ގައި ބަހައްޓާފައިވާ 132 ކޭވީ ހައިވޯލްޓޭޖް ސަބްސްޓޭޝަން ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑާ ގުޅުވާލައި، އެ ސަބްސްޓޭޝަން އެނާޖައިޒް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކަށް މާދަމާ ހެނދުނު 6:00 އިން 7:00 އަށް މާލެ އާއި ހުޅުމާލެގެ ބައެއް ސަރަަހައްދުތަކުން ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށެވެ.
ސްޓެލްކޯ އިން ބުނިގޮތުގައި، އެ ސަބްސްޓޭޝަންގައި 50 އެމްވީއޭގެ ހައިވޯލްޓޭޖް ދެ ޓްރާންސްފޯމަރާއި ހައިވޯލްޓޭޖް ސްވިޗް ގިއަރާއި ހުޅުމާލެ 2 އަކަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށް ބަހައްޓާފައިވާ މީޑިއަމް ވޯލްޓޭޖްގެ އައުޓްގޮއިން ފީޑަރުތައް ހިމެނެ އެވެ.
ސްޓެލްކޯ އިން ބުނީ ހުޅުމާލެ 2 އަކަށް ދިމާވެފައިވާ ކަރަންޓު ފޯރުކޮށްދިނުމުގެ މައްސަލަ ހައްލުކުރުމަށް ބަހައްޓާ އެ ޓްރާންސްފޯމަރުތަކުގެ ސަބަބުން ހިދުމަތު އިތުރަށް ފުރިހަމަވާނެ ކަމަށެވެ.




ގުޅުންހުރި
ސްޓެލްކޯގެ ހިދުމަތްތަކާމެދު ދެކެނީ ކިހިނެތް؟ ރަނގަޅުކޮށްލަން ކަމެއް އޮތްނަމަ ހިއްސާކޮށްލާ
ޔާމީންގެ ޖަލްސާއަށް ކަރަންޓް ނުދީފާނެތީ އަމިއްލައަށް ކަރަންޓު ދޭން ޖަނަރޭޓަރެއް ބަހައްޓައިފި
ފިހިގެން ނިޔާވި ސްޓެލްކޯގެ މުވައްޒަފުގެ ޖަނާޒާ މިރޭ ހުޅުމާލޭގައި ބާއްވަނީ
އުމުރުގެ ބޮޑުބައި ގައުމީ ހިދުމަތުގައި, ވަކިވެދިޔައީ ތިންވަނަ ދަރިފުޅު އުރާލުމުގެ ނަސީބު
ނުކުޅެދުންތެރިކަން ހުންނަ އިތުރު 30 މީހަކަށް ސްޓެލްކޯއިން ވަޒީފާ، ޖުމުލަ އަދަދު
ފިހުނު ސްޓެލްކޯގެ މުވައްޒަފު ނިޔާވެއްޖެ