ސައިކަލެއްގެ މަޑިދަށުން 400،00 ރުފިޔާ ވަގަށް ނެގި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރިކޮށްފި

ސައިކަލެއްގެ މަޑިދަށުން 400،000 ރިފިޔާ ވަގަށް ނެގި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ބަންގުލަދޭޝްއަށް ނިސްބަތްވާ މީހެއް ކަމަށްވާ ޖަހަންގިރް 45އ އެވެ.

އޭނާ ހައްޔަރުކޮށް ބަންދާއިމެދު ގޮތެއް ނިންމުމަށް އިއްޔެ ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ބަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިދީފަ އެވެ.

އޭނާ ކޯޓަށް ހާޒިރުކޮށް ފުލުހުން ބުނީ ތުހުމަތުވާ ފަރާތުން ވަނީ ސައިކަލެއްގެ މަޑިދަށުން 442،750 ރުފިޔާ ވަގަށް ނަގައިގައި ކަމަށެވެ.

ނަމަވެސް ޖަހަންގިރް ވަނީ އެ ފައިސާ ވަގަށް ނެގި ކަމަށް އިންކާރުކޮށްފަ އެވެ. އެހެންވެ ފުލުހުން ވަނީ އޭނާ އެ ކުށް ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަޙަޅައިފަ އެވެ.

އެ ހެކިތަކުގެ ތެރޭގައި ފައިސާގެ ވެރިފަރާތުން ބަޔާނާއި ސީސީޓީވީ ފޫޓޭޖު ހިމެނެ އެވެ.