ބިއްލޫރި ޝީޓްތަކެއް ގައިމައްޗަށް ވެއްޓި ފުވައްމުލަކު ސިޓީގައި ހަތަރު މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ބުނީ އެ ހާދިސާ ހިނގައިފައިވަނީ ދޯންޏަކުން ބިއްލޫރި ޝީޓްތަކެއް އުފުލަން އުޅުމުގެ ތެރޭގައި ކަމަށެވެ.
އެ ހާދިސާގައި އަނިޔާވެފައިވަނީ ދެ ބިދޭސީއަކާއި ދެ ދިވެހިންނަށް ކަމަށް ފުލުހުން ބުންޏެވެ. އެ މީހުންނަށް ލިބިފައިވާ އަނިޔާޣެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ފުލުހުން ބުނީ އެ މީހުންގެ ހާލަތު އަދި ނޭނގޭ ކަމަށެވެ.
ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް މިހާރު ފަށައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.



