ސެޕްޓެމްބަރ 21, 2024

ދަރިންނަށް ޖިންސީ ގޯނާކުރި ބައްޕަ 30 ދުވަހަށް ބަންދުކުރަން އަމުރުކޮށްފި

އަމިއްލަ ދެ އަންހެން ދަރިންނާއި އިތުރު ކުއްޖަކަށް ޖިންސީ ގޯނާކުރި މީހާ 30 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ފުލުހުން ދެންމެ ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 30 ދުވަސް ދީފައިވާކަމަށެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނި އުމުރުން 42 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން އިއްޔެ ބުނީ މާލޭގައި ބައްޕައަކު އޭނާގެ ދެ އަންހެން ދަރިންނާއި ތިމާގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

Leave a Reply