އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް ފަށަން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް އެ ހިދުމަތް ދިނުމުގައި އިސް ދައުރެއް އަދާކުރާ ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފި އެވެ.
ބަންކަރިންގެ ހިދުމަތް އެންމެ ފުރަތަމަ ފަށަން ނިންމީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. ނަމަވެސް ފަސް ފަހަރަށް އެ މުއްދަތު ބަދަލުކުރުމަށްފަހު މިހާރު އެ ހިދުމަތް ފަށަން ނިންމާފައިވަނީ އަންނަ ބުރާސްފަތި ދުވަހު އެވެ.
އެސްޓީއޯ އިން މިއަދު މީޑިއާތަކަށް ބުނީ، ބަންކަރިން ހިދުމަތް ފެށުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއެކު ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ނިންމާފައިވާ ކަމަށެވެ. އަދި މިހާރުވެސް ބަންކަރިން ހިދުމަތަށް އެދި ބުކިންތައް ލިބެމުންދާ ކަމަށް ބުންޏެވެ.
”މި ހިދުމަތް ފެށި، އިތުރަށް ފުޅާކޮށް، އިތުބާރު ހުރި ހިދުމަތަކަށް ހެދުމާއެކު، މާކެޓް އިތުރަށް ފުޅާވެގެންދާނެކަމުގެ ޔަގީންކަން މި ކުންފުންޏަށް އެބަ އޮތް،“ އެސްޓީއޯ އިން ބުންޏެވެ.
އެސްޓީއޯ އިން އެންމެ ފުރަތަމަ ބަންކަރިން ހިދުމަތް ފޯރުކޮށްދޭނީ މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން އޮޕަރޭޓް ކުރަމުން އަންނަ ”ވީއައިސީ ބެރިއާ“ ނަމަކަށް ކިޔާ އުޅަނދަކަށެވެ. ކޮލަމްބޯއާއި މާލެއާ ދެމެދު ދަތުރުކުރާ، 1،100 ކޮންޓެއިނަރު އުފުލުމުގެ ގާބިލުކަން ލިބިފައިވާ އެ އުޅަނދު މަހެއްގެ މައްޗަށް 200 ޓަނުގެ ތެޔޮ ބޭނުންކުރެ އެވެ.
އެސްޓީއޯ އިން ބުނީ، ރާއްޖެއިން އެ އުޅަނދަށް ދޭ ބަންކަރިންގެ ހިދުމަތަކީ ޝެޑިއުލް ބަންކަރިއެއް ކަމަށާއި މީގެ ކުރިން އެ އުޅަނދުގެ ދަތުރުތައް ޝެޑިއުލް އާއެކު ބަންކާކުރަމުން އައީ ސްރީ ލަންކާގެ ކޮލަމްބޯ އިން ކަމަށެވެ. އެއީ ލޯ ސަލްފާ ފިއުލް އޮއިލް މީގެކުރީ ލިބެން ނުހުންނާތީ ކަމަށްވެސް ބުންޏެވެ.
މި ސަރަހައްދުގައި ބަންކަރިން ހިދުމަތް ފޯރުކޮށްދެމުން އަންނަނީ ލަންކާ އާއި އިންޑިއާގެ ބަނދަރުތަކުންނެވެ.
ގުޅުންހުރި
އެސްޓީއޯ އާއި ހުޅުމާލެ ހޮސްޕިޓަލް ގުޅިގެން ހަކުރު ބައްޔާމެދު ހޭލުންތެރި ކުރުވައިފި
ބޮޑެތި ޑިސްކައުންޓުތަކާއެކު އެސްޓީއޯގެ ވެއާހައުސް ސޭލް ފަށައިފި
ތިންވަނަ ކުއާޓަރުގައި އެސްޓީއޯގެ ވިޔަފާރިތައް ރަނގަޅުވެ، ސާފު ފައިދާގެ ގޮތުގައި 156
ވިޓޯލްއާ ގުޅިގެން ލަގްޒަރީ އަދި ބޮޑެތި ފައިދާ ލިބޭނެ އުޅަނދުތަކަށް ހިދުމަތްދޭނަން:
ބަންކަރިންގެ ދެވަނަ ފިޔަވަހި: ހޯރަފުށި ފަޅުގައި ޕޯޓަކާއި ކްލަބް ހައުސްއެއް، އިހަވަންދޫގައި
ގައުމީ ދުވަހާއި ގުޅުވައިގެން ”ނިޕޯން ޕެއިންޓް“ގެ ހާއްސަ ޕްރޮމޯޝަނެއް