ކ. ގުރައިދޫގެ ކުނިގޮނޑު ހުސްކުރުމުގެ ޕްރޮޖެކްޓުގެ މަސައްކަތް އެއްކޮށް ނިންމާލެވިއްޖެ ކަމަށް ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)އިން ބުނެފި އެވެ.
ވެމްކޯއިން މިއަދު ބުނީ ގުރައިދޫގެ ކުނިގޮނޑު ސާފުކުރުމުގެ ޕްރޮޖެކްޓަކީ ވެމްކޯގެ ޕްރޮޖެކްޓްސް ޑިޕާޓްމެންޓު މެދުވެރިކޮށް ފޯރުކޮށްދޭ ކުނިކޮށި ސާފުކޮށްދޭ ހިދުމަތުގެ ތެރެއިން ގުރައިދޫ ކައުންސިލުގެ އެދުމުގެ މަތިން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެއް ކަމަށެވެ.
އެ ޕްރޮޖެކްޓުގެ ދަށުން ގުރައިދޫގެ ކުނިގޮނޑު އެއްކޮށް ސާފުކޮށްފައިވާ ކަމަށް ވެމްކޯއިން ބުންޏެވެ.
އެފަދަ އެހެން ޕްރޮޖެކްޓްތަކުގެ މަސައްކަތް ރާއްޖޭގެ އެކި ހިސާބުތަކުގައި މީގެ ކުރިން ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް ވެމްކޯއިން ބުންޏެވެ.
ވެމްކޯގެ އަމާޒަކީ އެ ކުންފުންޏަކީ 2025 ވަނަ އަހަރަށް މާލީ ގޮތުން ފައިދާވާ ކުންފުންޏަކަށް ހެދުން ކަމަށް ވެމްކޯއިން ބުންޏެވެ. އެ މަސައްކަތުގެ ތެރެއިން ޕްރޮޖެކްޓްސްގެ ގޮތުގައި ވަކި ޑިޕާޓްމެންޓެއް އުފެއްދުމަށް އަންނަނީ މަސައްކަތް ކުރަމުން ކަމަށް ވެމްކޯއިން ބުންޏެވެ.




ގުޅުންހުރި
ވެމްކޯ ސައިޓު ތެރޭގައި ހިނގި ހާދިސާއެއްގައި އަނިޔާވި މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެނީ
މަރުގެ މައްސަލައިގައި ހައްޔަރުކުރި ލަންކާ މީހާ ފިލައިގެން ދާން އުޅުނުކަމުގެ ތުހުމަތު
ވެމްކޯ މުވައްޒަފުންނަށް މުސާރައިގެ ލަސްކަމެއް، މާދަމާގެ ނިޔަލަށް މުސާރަދީ ނިންމަނީ
އެކްސްކެވޭޓަރުން ކުނިތައް ނެގީ އަމީން މިއާގެ ހަށިގަނޑާއެކު، މަރުވީ ކުނިތަކާއެކު ވަޅުލެވިގެން!
އީދު ކުލަގަދަކޮށް ފާހަގަކުރުމުގެ އިންތިޒާމުތައް ހަމަޖެއްސި ފަރާތްތަކަށް ރައީސްގެ ޝުކުރު
32 ރަށެއްގައި ވެމްކޯގެ ހިދުމަތް ފަށަން ސޮއިކޮށްފި