ޓެކްސީ ސެންޓަރެއްގައި ރަޖިސްޓްރީ ނުވެ، އެ ހިދުމަތް ދިނުމުގެ ލައިސެންސް ނުލިބޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި އެވެ.
މީގެ ދެ އަހަރު ކުރިން، 2022 އިން ފެށިގެން އަމަލުކުރަމުން އަންނަ ޓެކްސީ ގަވައިދު އެކުލަވާލި އިރު، ޓެކްސީ ލައިސަންސް ދޫކުރުމަށް ކަނޑައެޅި ޝަރުތުތަކުގެ ތެރޭގައި ޓެކްސީ ސެންޓަރެއްގައި ލިސްޓުކޮށްފައިވާ އުޅަނދަކަށް ވާންޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
ނަމަވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެ ގަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން، ޕްރައިވެޓް ހަޔާގެ ދަށުން ޓެކްސީ ސެންޓަރެއްގައި ރެޖިސްޓްރީ ކުރުމެއް ނެތި ވެސް ޓެކްސީ ހިދުމަތް ދެވޭނެ އެވެ.
އެ އިސްލާހު ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މިދިޔަ ހަފުތާގައި އުވާލައިފަ އެވެ.
އަދި މީގެ ފަހުން ކާރު ޓެކްސީ ލައިސަންސް ދޫކުރަން ހަމަޖެހިފައިވަނީ ސެންޓަރެއްގައި ލިސްޓުކޮށްފައިވާ އުޅަނދުތަކަށް އެކަނި ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. އަދި ލައިސަންސް ހޯދަން ހުށަހަޅާއިރު އެކަން އަންގަައިދޭ ލިޔުން ހުށަހަޅަންޖެހޭނެ ކަމަށް ބުނެފައިވެ އެވެ.




ގުޅުންހުރި
ޑުރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭކަށް ބޭނުމެއް ނޫން، އުންމީދަކީ
މާލޭގައި 300 މަސާޖު ޕާލާ! ރައީސް ވިދާޅުވީ 1 މަސް ތެރޭ
ކައުންސިލް އިންތިހާބު: ވޯޓުލެވެނީ 294،937 މީހުންނަށް، ޖުމުލަ 621 ވޯޓު ފޮށި
ރާއްޖެ-ލަންކާ ބޯޑާ ކޮންޓްރޯލް އުވާލައި، ވިސާ ނަގަންނުޖެހޭ ގޮތަށް ހަދަން ނަޝީދު
އުމުރުން 75 އަހަރާ ހަމައަށް ވަޒީފާގައި ހުރެވޭ ބިލް ތަސްދީގު ކުރައްވައިފި
ރީކޯ މޫސަ ގޮވައިގެން އިލްމުވެރިންގެ ގުޅުމުން ޕޮލިހަށް!