މާލޭގެ މަގުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައި ހުރި އުޅަނދުތަކުގެ ތެރެއިން ބާވެ ހަލާކުވެފައިވާ 224 ސައިކަލް މިއަދު އެ ކައުންސިލްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
މާލޭގެ މަގުތައް ތަރުތީބުކޮށް، ރީތިކުރަން ކުރަމުން އަންނަ މަސައްކަތުގެ ދަށުން މާލެ ސިޓީ ކައުންސިލާއި ފުލުހުން ގުޅިގެން މާލޭގެ މަގުތަކުގައި ހުރި ބާ އުޅަނދުތައް އަނެއްކާ ވެސް ނަގަން ފެށީ ހެނދުނު އަށެއް ޖެހިއިރު އެވެ.
އެ މަސައްކަތް މިއަދު ހަވީރު 4:30 ގައި ނިންމާލާފައިވާއިރު މާލެ ސިޓީ ކައުންސިލުން ދެންމެ ’އެކްސް’ގައި ކުރި ޕޯސްޓެއްގައި ބުނީ، މިއަދު ކުރި މަސައްކަތުން ޖުމުލަ 224 ސައިކަލު ނަގާފައިވާ ކަމަށެވެ.
މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ބޭނުންނުކޮށް ގިނަ ދުވަސްވަންދެން ބަހައްޓާފައި ހުރި ވެހިކަލްތައް ޓޯކޮށް، ނައްތާލުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި ސިޓީ ކައުންސިލް އަދި ފުލުހުންނާއި ވެމްކޯ ގުޅިގެން މިދިޔަ ފެބްރުއަރީ މަހުވެސް ޕްރޮގްރާމެއް ހިންގި އެވެ. އެ ޕްރޮގްރާމުގެ ތެރެއިން އެ ފަހަރު 300 އެއްހާ ވެހިކަލް ނައްތައިލި އެވެ.




ގުޅުންހުރި
އެމްޑީޕީގެ މާލޭގެ މޭޔަރު ޓިކެޓު އާދަމް އާޒިމް ކާމިޔާބުކުރައްވައިފި
ސާފް ފުޓްސަލް މުބާރާތް: ބޮޑު ތަފާތަކުން ބަންގްލަދޭޝް ބަލިކޮށް، ރާއްޖެ އެއްވަނައަށް
އިސްރާއާއި މިއުރާޖުގެ ދަތުރުފުޅުން އެނގެނީ ކޮންމެ އުދަނގޫ ކަމަކާއެކު ފަސޭހަކަމެއް ވާނޭކަން
ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ އުފައްދައިފި
މޯލްޑިވްސް ޑިޖިޓަލް ސާވިސް އުފައްދައި އެންސީއައިޓީ އުވާލައިފި
ކައުންސިލު އިންތިހާބަށް ކުރިމަތިލުމަށް އަންނަ ހޮނިހިރު ދުވަހު ހުޅުވާލަނީ