ޗައިނާގެ ފޮރިން މިނިސްޓަރު، ސީޕީސީގެ ސެންޓްރަލް ކޮމިޓީގެ ޕޮލިޓިކަލް ބިއުރޯގެ މެމްބަރު، ޗައިނާގެ ސެންޓްރަލް ކޮމިޝަން ފޯ ފޮރިން އެފެއާޒްގެ އޮފީހުގެ ޑިރެކްޓަރު ވަންގ ޔީއާ އާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލުކުރައްވައިފި އެވެ.
އެ ބައްދަލުވުން ކުރިއަށްގެންދިޔައީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގަ އެވެ.
އެ ބައްދަލުވުމުގައި ރައީސް ވަނީ، ޗައިނާއާއެކު އޮންނަ ގުޅުމަށް ރާއްޖެއިން ދެއްވާ އަހައްމިއްޔަތުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައި އެވެ. އަދި ދެ ގައުމުގެ މެދުގައި ވެފައިވާ އެއްބަސްވުންތަކާއި، ދެ ގައުމުން ގުޅިގެން ކުރިއަށްގެންދާ މަޝްރޫއުތަކާ ގުޅޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވައިފަ އެވެ.
މީގެއިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ތަރައްގީކުރުމަށް ޗައިނާއިން ދެމުންދާ އެއްބާރުލުމަށް ރައީސް ވަނީ ޝުކުރުއަދާކުރައްވާފައި ވެ އެވެ.
އެ ބައްދަލުވުމުގައި ޗައިނާގެ ފޮރިން މިނިސްޓަރު ވަނީ ވަނީ ދ ފައުމުގެ ޝާމިލުވުން އޮންނަ ހުރިހާ ދާއިރާއެއްގައި ވެސް ރާއްޖެއަށް ޗައިނާގެ ތާއީދު ލިބެމުންދާނޭކަމުގެ ޔަގީންކަން ދެއްވާފައެވެ. ވަކިން ހާއްސަކޮށް މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމަށް ކުރާ މަސައްކަތްތަކުގައި އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ ތަރައްގީގެ ބައިވެރިއެއްގެ ގޮތުގައި ދެމިއޮތް ޗައިނާ އިން މިހާތަނަށް ވަރަށް ގިނަ ބޮޑެތި މަޝްރޫއުތަކުގައި އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ. އޭގެތެރޭގައި ސިނަމާލެ ބްރިޖާއި ފްލެޓްތައް އިމާރާތްކުރުމާއި ބައެއް ރަށްރަށުގައި މަގު ހެދުން ފަދަ ޕްރޮޖެކްޓްތައް ހިމެނެ އެވެ.




ގުޅުންހުރި
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ރައީސް މިއަދުވެސް ”ދޮރުންދޮރަށް“ ހަރަކާތަށް
މަގާމަށް އިންތިހާބު ކުރިތާ 45 ދުވަސް ފަހުން ޖޭއެސްސީއަށް ފަނޑިޔާރު ޝަފީއު
ތެލަސީމިއާ ސެންޓަރުން ހުކުރު ދުވަސްތަކުގައި ވެސް ހިދުމަތްދޭން ފަށައިފި
އިންސާނީ ކަރާމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް