ރާއްޖޭގައި ކުޑަކުދިންގެ މެދުގައި ނޭވާލާ ނިޒާމުގެ ބަލިތައް ޖައްސާ ރެސްޕިރޭޓަރީ ސިންސިޓިއަލް ވައިރަސް (އާރުއެސްވީ) ފެތުރެން ފަށާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭ އިން މިއަދު ބުނީ އެ ވައިރަސް ފެތުރެން ފަށާފައިވާތީ އެކަން ވަރަށް ގާތުން މޮނީޓާކުރަމުން އަންނަ ކަމަށެވެ. އަދި އެ ވައިރަސް ފެތުރުމުގެ ފުރުސަތު ނުދިނުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވި ގޮތުގައި އެ ވައިރަހުން ރައްކާތެރިވުމަށް އެންމެ މުހިންމު ކަމަކީ ސާފުތާހިރުކަމެވެ. ހާއްސަކޮށް އަތްދޮވެ ހިއްކުން މުހިންމު ކަމަށް ވިދާޅުވި އެވެ.
އެޗްޕީއޭ އިން އިތުރަށް ބުނީ، ވައިރަސް ފެތުރުމުގެ ފުރުސަތު ނުދިނުމުގެ ގޮތުން މީހުން ގިނައިން އެއްވާ ތަންތަނަށް ނުދިއުމަށާއި ކިނބިހި އަޅައި ކެއްސާއިރު ނޭފަތާއި އަނގަ ރަނގަޅަށް ބަންދު ކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
ބޮޑެތި މީހުންގެ ފަރާތުން ފެންނަ މި ވައިރަސްގެ އަލާމާތްތަކުގެ ތެރޭގައި، ހުން އައުން، ކެއްސުން، ނޭވާލާން އުނދަގޫވުން އަދި މޭގައި ރިއްސުން ހިމެނެއެވެ. މިފަދަ އަލާމާތެއް ފެނިއްޖެ ނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.


 
					

ގުޅުންހުރި
”ޖެނެރޭޝަން ބޭން“އަށް އަމަލުކުރަން ފެށުމަށް ބާއްވާ ދުވުން ފަށައިފި
އިބޫ، ރައީސް މުއިއްޒަށް: ކިތަންމެ ވަރަކަށް އެއާޕޯޓުތައް ހަދާނެ ކަމަށް ވިދާޅުވިޔަސް،
ރިވެތި އަހުލާގުގެ ވެރިޔަކަށް ވާށެވެ! އެއީ ގިޔާމަތް ދުވަހުގައި އެ މީހާގެ
ވޯޓު ކަރުދާހުގައި އަޅުގަނޑުގެ ނަން އޮންނާނެ، މާފުއްޓަށް ފައިބަން ބޭނުމެއް ނޫން:
ކަނޑުމަތީގައި އޮޑިދޯނިފަހަރަށް ލިބޭގެއްލުންތަކަށް ހައްލު: އެލައިޑްގެ މެރިންހަލް އިންޝުއަރެންސް
ފޮށިގަނޑަކާއި ޑަބިޔަލަކުން މަސްތުވާތަކެތި ހޯދައި، މީހަކު ހައްޔަރުކޮށްފި