އިންޑިއާ އަސްކަރިއްޔާ ބޭރުކުރަން ވޯޓު ހޯދައިގެން އައިސް އިންޑިއާގެ އުނގަށް ވެއްޓުމަކީ ހިޔާނާތެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ސުވާލަކީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ވެރިކަމަށް އައީ އިންޑިއާގެ އަސްކަރިއްޔާ ބާލަން ކަމަށެވެ.
ނަމަވެސް އިންޑިއާގެ އަސްކަރިއްޔާ ކުރިންވެސް އޮތް ގޮތަށް އަދިވެސް ރާއްޖޭގައި އެބަ ތިބި ކަމަށާއި އިންޑިއާގެ ދެ ހެލިކޮޕްޓަރާއި މަތިންދާ ބޯޓަކާއި ރާޑަ ސްޓޭޝަންތައް އޮޕަރޭޓް ކުރަން ތިބީ އިންޑިއާގެ ޑިފެންސް މިނިސްޓްރީގެ މުވައްޒަފުން ކަމަށް އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރާއްޖޭގައ ތިބި އިންޑިއާގެ އަސްކަރިއްޔާ މީހުން މިހާރު ކުރާ މަސައްކަތަކީ ރާއްޖެއަށް ފާރަލުން ނޫން ކަމަށާއި އެ މީހުންގެ މަސައްކަތަކީ ޗައިނާއާއި ރަޝިއާއަށް ފާރަލުން ކަމަށެވެ.
”އެ މީހުންގެ ހެދުން ބަދަލުކޮށްފައި އެ މީހުންނަށް އެހެން ނަމެއް ކިޔަސް އެ މީހުންނަކީ އެއް ބައެއް. ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާ އެބަ އޮތް. މި މީހުން އައީ ވަރަށް ބޮޑު އުއްމީދުގައި އަދި އެކަމުގެ ވަރަށް ބޮޑު ޕްރޮމިސްގައި. ވޯޓު ދިން ގިނަ މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާ ފޮނުވާލުމަށްޓަކައި ވޯޓު ދިން މީހުން. އެއްގޮތަކަށްވެސް މުއިއްޒު މޮޅުފުޅުވެގެން ޕީއެންސީގެ ބޭފުޅުން މޮޅުވެގެން ދިން އެއްޗެއް ނޫން. މިއީ މިނިވަންކަމާއި އިންޑިއާގެ އަސްކަރިއްޔާ ފުރުވާލާނެކަމުގެ ޔަގީން ކަމާއެކު ދިން ވޯޓެއް. އެ ވޯޓުގައި އެހާ ބޮޑުކޮށް ޕްރޮމިސްކޮށްފައި އައިސް ކޮމްޕްލީޓް ޔޫޓާންއެއް ނަގާފައި ގޮސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާއާ ގުޅުން ގާއިމުކުރި ވަރަށްވުރެ ބޮޑުކޮށް އުނގަށް އަރައި އިށީނދެ ގުޅުން ގާއިމުކޮށްގެން މި ތިބީ،“ އުމަރު ވިދާޅުވި އެވެ.




1 Comment
ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި