ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ތިން މީހަކު އަތުލައިގެންފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ އެ ތިން މީހުންގެ އެކަކު އަތުލައިގަތީ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ކަމަށެވެ. އެއީ 25 އަހަރުގެ ފިރިހެނެކެވެ.
އަނެއް ދެ މީހުންގެ އަތުލައިގަތީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އެއީ އޮގަސްޓް 16 ވަނަ ދުވަހު އަތުލައިގެން 23 އަހަރުގެ ފިރިހެނަކާއި އޮގަސްޓް 18 ވަނަ ދުވަހު އަތުލައިގެން 21 އަހަރުގެ ފިރިހެނެކެވެ
އެ އެންމެންވެސް އަތުލައިގަތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ނަމަވެސް މިއީ ކޮން ގައުމެއްގެ ބައެއް ކަމެއް ނުބުނެ އަދި އެ މީހުންނާމެދު އަމަލުކުރި ގޮތެއް ނުބުނެ އެވެ.




ގުޅުންހުރި
ވީއައިއޭގައި މާރާމާރީ ހިންގި މައްސަލައިގައި ދެ ބިދޭސީއަކު ހައްޔަރުކޮށްފި
އެއާޕޯޓުން ފައިސާތަކެއް ފޭރުން: ދެ މަސް ފަހުން 8 ވަނަ މީހަކު
އަހަރުގެ ފުރަތަމަ ކްރޫޒްލައިނާ 479 ފަސިންޖަރުންނާއެކު ރާއްޖެއަށް
ހުއްދަނެތި ވީއައިއޭގައި ވިޔަފާރިކުރާ ނަމަ، ފިޔަވަޅު އަޅާނެކަމުގެ އިންޒާރު
މިމަހު އެކަނިވެސް 96 މަސާޖު ޕާލާ ބަންދުކޮށްފި
ވީއައިއޭ އިން މިއަދު 27,000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތްދޭނެ