ސްޓެލްކޯގެ 51 މުވައްޒަފުންގެ ބައިވެރިވުމާއެކު އެ ކުންފުނީގެ ލީޑާޝިޕް އެންހޭންސްމެންޓް ޓްރެއިނިނިންގެ ހަތްވަނަ ބެޗު ފަށައިފި އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ކުންފުނީގެ ލީޑާޝިޕް އެންހޭންސްމެންޓް ޓްރެއިނިނިން ޕްރޮގްރާމަކީ މުވައްޒަފުން ބާރުވެރިކުރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ވިދާޅުވީ 51 މުވައްޒަފަކު އެ ޓްރެއިނިން ޕްރޮގްރާމުގައި ބައިވެރިވުމަކީ ލިބުނު އުފަލެއް ކަމަށެވެ. ފަހުމީ ވިދާޅުވީ އެ ޕްރޮގްރާމުގެ ސަބަބުން މުވައްޒަފުންގެ އިތުރުން ކުންފުންޏަށް ވެސް ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.
ލީޑާޝިޕް އެންހޭންސްމެންޓް ޓްރެއިނިނިންގެ ހަތްވަނަ ބެޗު ފަށައިފައިވަނީ ގިރިފުށީގަ އެވެ. އެ ޕްރޮގްރާމަކީ އެމްއެންޑީއެފްގެ އެއްބާރުލުމާއެކު ސްޓެލްކޯއިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ފަހުމީ ވިދާޅުވީ އެ ޕްރޮގްރާމް ބޭއްވުމަށް އެމްއެންޑީއެފްގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ސިފައިންގެ ޗީފް ކޮމާންޑަރު ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫންގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
މީގެ ކުރިން ބޭއްވި ލީޑާޝިޕް އެންހޭންސްމެންޓް ޓްރެއިނިނިން ޕްރޮގްރާމްތައް ސްޓެލްކޯގެ 368 މުވައްޒަފަކު ވަނީ ފުރިހަމަކޮށްފައި ކަމަށް ފަހުމީ ވިދާޅުވި އެވެ. އެ ޕްރޮގްރާމަކީ މުޅި ކުންފުނީގެ ލީޑާޝިޕް ކެޕޭސިޓީ މަތިކުރުމަށް ގެންދާ ޕްރޮގްރާމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ސްޓެލްކޯގެ ހުރިހާ މުވައްޒަފުންނަށް އެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށް ދިނުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ފަހުމީ ވިދާޅުވި އެވެ.
ސްޓެލްކޯގެ ލަނޑުދަނޑިތައް ހާސިލު ކުރުމަށް ކުންފުނީގެ ހުރިހާ ލެވެލެއްގެ މުވައްޒަފުންގެ ކިބައިގައި ލީޑާޝިޕް ހުނަރު ހުރުމަކީ މުހިންމު ކަމެއް ކަމަށް ފަހުމީ ވިދާޅުވި އެވެ.

1 Comment
ގުޅުންހުރި
މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް ގަޑިއިރެއް ތެރޭ ކަރަންޓު ދީފި
1 ޖޫންގައި މުޅި މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލައިގެ ތަހުގީގު އަދިވެސް
މައްސަލަ ހައްލުކޮށް، މުޅި މާލެ ސަރަހައްދަށް އަލުން ކަރަންޓު ދީފި
ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓް ދެވިއްޖެ: ސްޓެލްކޯ
މުޅި މާލެ ސަރަހައްދުން އަނެއްކާވެސް ކަރަންޓު ކެނޑިއްޖެ
ސްޓެލްކޯގެ ވައުދު ފުއްދަން ހަފުތާ ބަންދުގައި ވެސް ގަސް އިންދަން ނުކުންނަނީ