ކުރީ ސަރުކާރުގައި ޕަބްލިކް ބޭންކު އެކައުންޓު އޯވާޑްރޯ ކޮށް، ފައިސާ ޗާޕުކުރުމާ ގުޅިގެން ބޭންކިން ނިޒާމުގައި އިތުރުވެފައި ހުރި ފައިސާ މަދުކުރަން އޯޕަން މާކެޓް އޮޕަރޭޝަނެއް ފަށަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ބޯޑުން ފާސްކޮށްފައިވާ ކަމަށް ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
ކޮވިޑާ ގުޅިގެން ސަރުކާރުގެ ކޭޝްފްލޯ މެނޭޖުކުރުމަށްޓަކައި ފައިސާ ޗާޕްކުރުމުގެ ސަބަބުން ބޭންކިން ނިޒާމުގައި ރުފިޔާ ސާޕްލަސް ލިކުއިޑިޓީ ވަނީ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ ޖުލައި މަސް ނިމުނު އިރު ބޭންކިން ނިޒާމުގައި ސާޕްލަސް ލިކުއިޑިޓީ ހުރީ އެވްރެޖްކޮށް 6.7 ބިލިއަން ރުފިޔާގަ އެވެ.
މި ގޮތަށް އިތުރަށް ހުރި ފައިސާގެ ސަބަބުން ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓް ހިފެހެއްޓުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ކުޑަކުރުމަށްޓަކައި، އޯޕަން މާކެޓް އޮޕަރޭޝަންސް މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށް އެމްއެމްއޭ އިން މިދިޔަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ބުންޏެވެ.
ނަމަވެސް އެ އޮޕަރޭޝަން ފަށާނެ ތާރީހެއް އޭރު ނުބުނެ އެވެ.
މީޑިއާތަކާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި މުނައްވަރު ވިދާޅުވީ އޯޕަން މާކެޓް އޮޕަރޭޝަންގެ ސަބަބުން ސަރުކާރުގެ ކޭޝް ފްލޯ މެނޭޖުކުރުމުގައި ދަތިތަކެއް އަންނާނެ ކަމަށާއި ނަމަވެސް ޗާޕުކޮށްފައި ހުރި ފައިސާ މަދުކުރާނީ އެއްފަހަރާ ނޫން ކަމަށެވެ.




ގުޅުންހުރި
އެފްއައިޔޫގެ ވެރިޔާ ސާޖިދު ސަސްޕެންޑުކޮށްފި
މާލީ ދާއިރާ ތަރައްގީކުރުމުގެ ހަރަކާތްތައް އިފްތިތާހުކޮށްފި
ސްޓެލްކޯގެ ހިދުމަތްތަކާމެދު ދެކެނީ ކިހިނެތް؟ ރަނގަޅުކޮށްލަން ކަމެއް އޮތްނަމަ ހިއްސާކޮށްލާ
އެސްޓީއޯއަށް 61 އަހަރު: ހާއްސަ އިނާމުތަކެއް ލިބުމުގެ ފުރުސަތު!
ނިޔާމަ ޗުއްޓީއަކަށް ޓްރެވަލް ތަކާފުލް: ދަތުރުމަތީގައި ދިމާވެދާނެ ކުއްލި ހާލަތްތަކަށް މުހިންމު
އަމިއްލަ ވިޔަފާރިތަކަށް ދައްކަންޖެހޭ ބިލުތަކަށް ރޯދައިގެ ކުރިން ފައިސާ ދައްކައި ނިންމޭތޯ