ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ތަމްރީނާއި ތަޖުރިބާ ހޯދައިދިނުމުގެ ޕްރޮގްރާމް މިއަދު ފަށައިފި އެވެ.
މިއީ ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީއާއި އާރުޑީސީއާއެކު 30 ޖޫން 2024 ގައި ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އާރުޑީސީން ބުނީ، އެ ޕްރޮގްރާމްގެ މަގުސަދަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުން ބާރުވެރިކުރުވުމާއި ވަޒީފާގެ ބާޒާރުގައި ހުރިހާ ފަރާތްތަކެއް ހިމެނޭ ގޮތަށް ހަމަހަމަ ކަމާއެކު މަސައްކަތް މާހައުލެއް ގާއިމުކޮށްދިނުން ކަމަށެވެ.
އޭގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހައްގުތައް ހިމާޔަތްކުރުމާއި އެ މީހުން ބާރުވެރި ކުރުމަށާއި އެފަދަ މީހުންނަށް މުޖުތަމައަށް ބޭނުން ހިފޭ ޒިންމާދާރު ވަޒީފާއެއް އަދާކުރާ ހަރުދަނާ ބަޔަކަށް ހެދުމަކީވެސް އެ ޕްރޮގްރާމުގެ މަގުސަދެއް ކަމަށް އާރުޑީސީން ބުންޏެވެ.
ހަ މަސް ދުވަހުގެ މުއްދަތައް ކުރިއަށް ގެންދަން ނިންމާފައިވާ އެ ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ފަސް މީހަކު ބައިވެރިވެ އެވެ.
އެ މީހުން އާރުޑީސީގެ މެއިންޓަނަންސް، ލޮޖިސްޓިކް، ސޭލްސް އެންޑް މާކެޓިން، ޕްރޮޖެކްޓްސް، ރޯޑް މެއިންޓަނަންސް ފަދަ ޑިޕާޓްމަންޓްތަކުގައި މަސައްކަތް ކުރާނެ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި ކޮންމެ ބައިވެރިއަކަށްވެސް 5000 ރުފިޔާގެ އެލަވަންސެއް ދޭނެ ކަމަށް އާރުޑީސީން ބުނެ އެވެ.
ގުޅުންހުރި
ހުޅުމާލޭ ހޮސްޕިޓަލްގެ އިމަޖެންސީ ރޫމުގެ ޖާގަ ދެގުނަ ބޮޑުކުރަން އާރުޑީސީއާ ހާވަލުކޮށްފި
އާރްޑީސީގެ ސްޓްރެޖެޓިކް އެކްޝަން ޕްލޭން އިފްތިތާހުކޮށްފި
އިހަވަންދޫ މަގު ހެދުމުގެ މަޝްރޫއުގެ ބާރަށް ކުރިއަށް
އަމީނީ މަގުގެ މަޝްރޫއު: ޕަމްޕް ސްޓޭޝަންގެ ވެލްވް ޗެމްބަރާއި ޕެނަލް ބޯޑު
މާލީ ހާލަތުން އަރައިގަތުމަށް ސަރުކާރަށް އެއްބާރުލުން ދޭން ނިންމި ފުރަތަމަ ކުންފުންޏަކަށް
ހުޅުދުއްފާރު މަގުތަކުގައި ތާރު އެޅުމަށް އާރްޑީސީން ތައްޔާރުވަނީ