އޮކްޓޯބަރ 4, 2024

ޕާޓީއިން ވަކިވުމަށް އެދި ދެން ހުށަހަޅަން ޖެހޭނީ އޮންލައިންކޮށް

އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީ ކޮށްފައިވާ ސިޔާސީ ޕާޓީއަކުން ވަކިވުމަށް ދެން ހުށަހަޅަން ޖެހޭނީ އޮންލައިންކޮށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފި އެވެ.

އީސީން ވަނީ މިދިޔަ މަހުގެ 23 ގައި ސިޔާސީ ޕާޓީތަކުން ވަކިވާން ބޭނުންވާ މީހުންނަށް ފަސޭހައިން އެކަން ކުރެވޭނެ ގޮތަށް ސިޔާސީ ޕާޓީގެ ގަވާއިދަށް އިސްލާހު ގެނެސްފަ އެވެ.

އެ އިސްލާހުގައި ބުނެފައި ވަނީ، ޕާޓީގެ މެންބަރަކު ޕާޓީން ވަކިވުމަށް އެދިއްޖެ ނަމަ 14 ދުވަސް ތެރޭގައި ޕާޓީން އެ މީހަކު ޕާޓީން ވަކިކޮށްދޭންވާނެ ކަމަށެވެ. އަދި ޕާޓީއަށް ހުށަހަޅައިގެން 14 ދުވަހުގެ ތެރޭގައި ޕާޓީން ވަކިކޮށް ނުދީފި ނަމަ އެ ކޮމިޝަނުން ކަނޑައަޅާ ނިޒާމުގެ ތެރެއިން ހުށަހެޅުމުން، އޭނާގެ ނަން ޕާޓީގެ ދަފުތަރުން އުނިކޮށްދޭންވާނެ ކަމަށް ބުނެފައި ވެއެވެ.

އަދި ސިޔާސީ ޕާޓީއެއްގެ މެންބަރަކު އުޅުން މަނާ މަގާމަކަށް ކުރިމަތިލުމަށް ނުވަތަ އެ މީހަކަށް ނޭނގި ޕާޓީއެއްގައި ރަޖިސްޓަރީކޮށްގެން، ޕާޓީން ވަގުތުން ވަކިވާން އެދި އީސީން ކަނޑައަޅާ ނިޒާމުގެ ތެރެއިން ހުށަހެޅުމުން އުނިކޮށްދޭން ވެސް ވާނެ ކަމަށް ބުނެފައި ވެއެވެ.

އީސީން މިއަދު ގެޒެޓުގައިކުރި އިއުލާނެއްގައި ބުނީ މާދަމާ އިން ފެށިގެން އެ ކޮމިޝަނުން ބަލަހަައްޓާ ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރުން ވަކި ވުމަށް އެދި ހުށަހަޅާނީ އެ ކޮމިޝަންގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

4 Comments

  • Hassan Riyaz އޮކްޓޯބަރ 2, 2024

    Varah heyobadhaleh

  • Shamil Mohamed Shamil Mohamed އޮކްޓޯބަރ 2, 2024

    Varah rangalhu ninmumeh

  • Munni Mohamed އޮކްޓޯބަރ 2, 2024

    Mikamaa ulhen vee dhn😉

  • Moosa Moosa އޮކްޓޯބަރ 2, 2024

    Beynun vakivan kihineh hadhaanee

Leave a Reply