ރާއްޖޭގެ ހާލަތު ބަދަލުކޮށް ދިވެހިންގެ ރާއްޖެ ބިނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު 15 އަހަރު ރާއްޖޭގެ ވެރިކަމުގައި ބަހައްޓަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ޕީއެންސީއަށް މެމްބަރުން އިތުރުކުރުމުގެ ހަރަކާތް ރަސްމީކޮށް ފައްޓަވައިދެއްވުމަށް ފަހު އަސްލު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ ވެރިކަމުގައި މި ތިބީ މި ފަސް އަހަރު އެކަނި ވެރިކަން ކުރާ ގޮތަކަށް ނޫން ކަމަށާއި އެންމެން ތިބީ ދެވަނަ ދައުރެއް ރައީސް މުއިއްޒަށް ހޯދައިދިނުމުގެ ވިސްނުމުގައި ކަމަށެވެ. އެކަމަށް މަސައްކަތްކޮށް ކާމިޔާބު ހޯދާނެ ކަމަށްވެސް ވިދާޅުވި އެވެ.
”އަޅުގަނޑުމެންގެ މައިގަނޑު އަމާޒަކީ ރާއްޖެ މިހާރު މިއޮތް ހާލަތުން އެހެން ހާލަތަކަށް ބަދަލުކޮށް ދިވެހީންގެ ރާއްޖެއެއް ދިވެހިން އެދޭ ގޮތަށް ބިނާކުރުމަށްޓަކައި އެބަ ބޭނުންވޭ 10 ވަރަކަށް 15 ވަރަކަށް އަހަރު އެއް ވެރިކަމެއް އޮންނަން. އެ ވެރިކަމަކަށް ބަލާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ ދިވެހިންގެ ރާއްޖެއެއްގެ ސިޔާސަތު. އަޅުގަނޑުމެން އަމާޒަކީ ކާމިޔާބުކަމާއެކީގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ދެމިގެންދާނެ ގޮތަކަށް މަސައްކަތް ބައްޓަން ކުރުން،“ އަބްދުއްރަހީމް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ޕީއެންސީއަށް މެންބަރުން އިތުރުވަމުންދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދިވެހި ގައުމާ ދޭތެރޭގައި ގެންގުޅުއްވާ ތަސައްވަރާއި އެ މަނިކުފާނުގެ ވިސްނުންފުޅާއި ސިޔާސަތު އަދި ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވާ ކުރެއްވުން ކަމަށެވެ.
އޭގެ އިތުރުން ޕާޓީގެ މެންބަރުންނާއި އިސްވެރިންނާއި ޕާލިމަންޓްރީ ގުރޫޕާއި އެ މަނިކުފާނާ ދެމެދު އޮންނަ ގާތްކަމުގެ ނަތީޖާއަކީ އަމިއްލަ ކަމެއްގެ ގޮތުގައި ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ކުރަމުން ދިއުން ކަމަށްވެސް ވިދާޅުވި އެވެ.
”ޕާޓީއަށް އޮތް ތަރުހީބަށް ބަލާއިރު މިއަދު ފެނިގެން މިދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަށް ތާއީދުކުރާ މިންވަރޭ. އެހެންވީމަ މިހާ ބާރު ސްޕީޑެއްގައި މެންބާޝިޕް އިތުރުވެގެން މިދަނީ. މިއީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެއްވެސް ސިޔާސީ ޕާޓީއަކަށް މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިހާ ގިނަ މެންބަރުންނެއް ޖޮއިން ކުރައްވާފައެއް ނެތް،“ އަބްދުއްރަހީމް ވިދާޅުވި އެވެ.
29 Comments
ގުޅުންހުރި
މެންބަރުކަން ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީއަށް ދިނުމުން ރައްޔިތުންގެ ބާރު ގެއްލޭ:
ސްޓެލްކޯގެ ފުރިހަމަ މަސައްކަތެއް؛ އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު މަރާމާތުކޮށް ރީތިކޮށްލައިފި
އައިކޮމްގެ އަޑުއެހުމަށް ހާޒިރުނުވުމުން ހައުސިން މިނިސްޓްރީ ޖޫރިމަނާކޮށްފި
މަނާކުރަންވީ ފަލަސްތީނުގައި ގަތުލުއާންމު ހިންގާ މީހުންގެ ޕާސްޕޯޓް އެކަނި: ނާޒިމް
މަޖިލީހުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެދިއްޖެ، ކޯޓަށް ދާން މަޝްވަރާކުރާނަން:
އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލާ ގުޅޭ ގަރާރު ބޭރުކުރީ އެމްޑީޕީގެ ހެޔޮނިޔަތް