އިންޑިއާއަށް ވަޑައިގެންނެވުމުން ދެންނެވި މަރުހަބާ އާއި މެހެމާންދާރީއަށް އެ ގައުމުގެ ރައީސް ދުރޫޕަދީ މުރުމޫ އަށާއި ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ޝުކުރު އަދާކުރައްވައިފި އެވެ.
ރައީސް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަނިކުފާނާއި އަނބިކަނބަލުން ސާޖިދާ މުހައްމަދަށް އަދި ރާއްޖޭގެ ވަފުދަށް އިންޑިއާ އިން ދެންނެވި ހޫނު މަރުހަބާއާއި މެހެމާންދާރީއަށް ޝުކުރެއް އަދާކުރައްވާ ކަމަށެވެ.
އަދި ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ރައީސް އަދި ބޮޑުވަޒީރާއެކު ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި ތަރައްގީގައި އެއްބާރުލުން ދިނުމަށާއި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުން ބަދަހިކުރުމަށް ފުޅާ ދާއިރާއެއްގައި ކުރި މަޝްވަރާތަކާމެދު އުފާކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
”ރާއްޖެއިން މިތިބީ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ތައްޔާރަށް. އަދި އިގުތިސާދީ އަދި މެރިޓައިމް ޕާޓްނާޝިޕާއެކު ގުޅިގެން މަސައްކަތް ކުރެވޭނެކަމުގެ ޔަގީންކަން އެބަ އޮތް،“ ރައީސްގެ ޕޯސްޓުގައި ވިދާޅުވި އެވެ.
ރައީސް މިއަދު ވަނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު ޑިޕޮލޮމެޓިކް ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތުގައި ބައިވެރިވެވަޑައިގަތުމަށް މޯދީއަށް ދައުވަތެއް ވެސް އަރުވައިފަ އެވެ. އަދި ރައީސް ދެއްވި އެ ދައުވަތު މޯދީ ވަނީ ގަބޫލުކުރައްވައިފަ އެވެ.

ގުޅުންހުރި
މިނިވަން ދުވަސް ފާހަގަކުރަން 28 ޖުލައި ބަންދުކޮށްފި
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާ ރަށްރަށުގެ މީހުންނަށް ފައިސާގެ އިނާމެއް ދެނީ
ޔުމްނު ވެއްޓުން: ރިޔާސީ ކޮމިޝަންގެ ތަހުގީގު ރިޕޯޓް އާންމުކުރަން ރައީސް އަންގަވައިފި
މިއަދު މި ދެކެނީ މާ އުފާވެރި ވެރިކަމެއް: ނާޒިމް
އިޒްރޭލުން އިރާނަށް ދިން ހަމަލާތައް ރައީސް މުއިއްޒު ކުށްވެރި ކުރައްވައިފި
ސީޕީގެ މަގާމަށް ނަވީން އައްޔަންކޮށްފި