މާލޭގައި މަގު ހުރަސްކުރަން އުޅުނު ތިން އަހަރުގެ ކުއްޖެއްގެ ގައިގާ ސައިކަލަކުން ޖެހި އަނިޔާވެގެން ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ، މިއަދު 3:40 އެހާކަންހާއިރު ހިނގި އެ އެކްސިޑެންޓުގައި ކުއްޖާގެ ގައިގައި ސައިކަލުން ޖެހުނީ މަޖީދީ މަގު، ވިލާ މާޓު ކައިރި ކަފިހިހުރަހުން މަގު ހުރަސް އުޅުމުގެ ތެރޭގައި ކަމަށެވެ.
އެ ކުއްޖާ މަގު ހުރަސްކުރަން އުޅުނީ އެކަނި ކަމެއް ނުވަތަ މީހަކާއެކު ކަމެއް ނޭނގެ އެވެ.
ފުލުހުން ބުނީ، އެ އެކްސިޑެންޓުގައި ކުއްޖާ މަގުމައްޗަށް ވެއްޓި ނިއްކުރިމަތި ދުޅަވެގެން އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށެވެ. އަދި އެކްސިޑެންޓުވި ސައިކަލު ދުއްވި މީހާއަކީ ލައިސެންސް އޮންނަ މީހެއް ކަމަށާއި އެއީ ދިވެހި ފިރިހެނެއް ކަމަށްވެސް ބުންޏެވެ.
މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް އިތުރުވަމުންދާތީ ފުލުހުން ދަނީ ހާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ.




ގުޅުންހުރި
ހިޔާ އާއި ވެށިފަހި ކެޓަގަރީއަށް ހުށަހެޅުމުގައި ލުޔެއް
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ތިއުޅެނީ ކޮންކަމަކުން ސަލާމަތް ނުވެވިގެން ހެއްޔެވެ؟
ސީޕީ ނަވީން ރިޓަޔާކުރައްވައިފި
ރޯދަމަހު ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ އަދަދު 32 ޕަސަންޓަށް އިތުރުކުރަނީ
ބަންގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި