ގއ. ކޫއްޑޫގެ އެއާޕޯޓްގެ ރަންވާ މަރާމާތުކޮށް މޯލްޑިވިއަނުން އެ އެއާޕޯޓަށް ކުރަމުންދިޔަ ދަތުރުތައް ވަރަށް އަވަހަށް ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ކޫއްޑޫ އެއާޕޯޓުގެ ރަންވޭއާއި އޭޕްރަން ވަރަށް ބޮޑަށް ހަލާކުވެފައިވާތީ މޯލްޑިވިއަނުން ވަނީ ކޫއްޑޫއަށް ކުރަމުންދިޔަ ދަތުރުތައް ހުއްޓާލައި އެކަން އިއްޔެ ހާމަކޮށްފަބ އެވެ. މޯޅްޑިވިއަނުން ބުނެފައިވަނީ ކޫއްޑޫ އެއާޕޯޓުގެ ރަންވޭ ބާވެ ހަލާކުވުމުގެ ސަބަބުން މޯލްޑިވިއަންގެ ދެ މަތިންދާބޯޓަކަށް ގެއްލުންވެފައިވާ ކަމަށެވެ.
އަމީން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީމޯލްޑިވިއަން އިން ކޫއްޑޫއަށް ދަތުރުތައް ހުއްޓާލަން ނިންމީ ދިގު މުއްދަތެއްގައި އެއާޕޯރޓް މެއިންޓެއިން ނުކުރެވި އަދި ރަންވޭގެ ހާލަތުގެ ސަބަބުން، މޯލްޑިވިއަންގެ ދެ ބޯޓަކަށް ގެއްލުންވުމާ ގުޅިގެން ކަމަށެވެ.
އެހެންވެ މިނިސްޓްރީގެ އިސް ނެގުމާއެކު ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި އެއާޕޯޓް އޮޕަރޭޓާ އަދި ގުޅުންހުރި ފަރާތްތަކާ ގުޅިގެން މައްސަލަ ހައްލުކުރަން ފަށައިފައިވާ ކަމަށެވެ،
”އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މައްސަލަ ހައްލުކޮށް އެއާޕޯޓް އާންމު ހާލަތަށް ގެނެވޭނެ،“ މިނިސްޓަރު ވިދާޅުވި އެވެ
ކޫއްޑޫ އެއާޕޯޓް ހުޅުވާފައިވަނީ 2012 ވަނަ އަހަރު އެވެ. އެފަހުން އެ އެއާޕޯޓުގެ ރަންވޭ ބޮޑުކޮށް އަލުން ހުޅުވީޫ 2017 ވަނަ އަހަރު އެވެ.




ގުޅުންހުރި
އެމްބިއުލާންސަށް ޖާގަ ނުދިން ޕިކަޕް ޑްރައިވަރު ޖޫރިމަނާކޮށް، ލައިސަންސް ހިފަހައްޓައިފި
އެމްބިއުލާންސަކަށް ޖާގަ ނުދިން ޕިކަޕް ޑްރައިވަރެއްގެ މައްސަލަ ބަލަނީ
ޓެކްސީ ސެންޓަރު ރަޖިސްޓަރީކުރަން ލުއިތަކެއްދީ، އިސްލާހުތަކެއް ގެނެސްފި
ތޮއްޑު އަށް އަންނަ މަހު ސީޕްލޭންގެ ދަތުރުތައް ފަށަން ނިންމައިފި
ޓެކްސީ ލައިންގެ ހިދުމަތް ފަށާނެ ކަމަށް ބުނި ދެ ތާރީހުގައި ވެސް
މޯލްޑިވްސް 2.0: ކޫއްޑޫގެ ކައްޓާ ޑިޖިޓަލް ކުރަނީ