މުދަލު ޒަކާތުގެ ގޮތުގައި މި އަހަރުގެ ޖެނުއަރީން ސެޕްޓެމްބަރު މަހުގެ ނިޔަލަށް 82 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ މިދިޔަ ސެޕްޓެމްބަރު މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު މަހު މުދަލުގެ ޒަކާތުގެ ގޮތުގައި 8.7 މިލިއަން ރުފިޔާ ލިބުނެވެ. އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު ތިންގުނަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޒަކާތުގެ ގޮތުގައި ލިބުނީ އެންމެ 2.8 މިލިއަން ރުފިޔާ އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ޖެނުއަރީން ސެޕްޓެމްބަރު މަހުގެ ނިޔަލަށް މުދަލުގެ ޒަކާތުގެ ގޮތުގައި ލިބިފައިވާ 82 މިލިއަން ރުފިޔާއަކީ މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ލިބުނު 70 މިލިއަން ރުފިޔާއަށްވުރެ 17.8 ޕަސެންޓް އިތުރު އަދަދެކެވެ.
އޭގެ އިތުރުން ޑޮލަރުން މުދަލު ޒަކާތް ދެއްކި އަދަދުވެސް ވަނީ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީން ސެޕްޓެމްބަރު މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 2،471 ޑޮލަރު ލިބިފައިވެ އެވެ. މި އަހަރުގެ އެ މުއްދަތުގައި އެ އަދަދު ވަނީ ދެގުނަ އިތުރުވެ 5،796 ޑޮލަރަށް އަރައިފަ އެވެ
މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ ނިސާބު ކަނޑައެޅުމުގައި ރާއްޖޭގައި ބަލަނީ ރަންރިހީގެ އަގުންނެވެ. އެގޮތުން އެ މީހެއްގެ މިލްކިއްޔާތުގައި ނިސާބު ހަމަވާ އަދަދަށް އަތުގައި ނުވަތަ ބޭންކުގައި ފައިސާ ހުރިނަމަ ހިޖުރީގޮތުން އަހަރެއްވުމުން އޭގެ 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެ އެވެ.
މުދަލު ޒަކާތް ކުރިން ދައްކަނީ އިސްލާމިކް މިނިސްޓްރީ އަށެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުން ވަނީ މީރާ އަށް ބަދަލުކޮށްފައެވެ.
1 Comment
ގުޅުންހުރި
ސްޓެލްކޯގެ ފުރިހަމަ މަސައްކަތެއް؛ އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު މަރާމާތުކޮށް ރީތިކޮށްލައިފި
ހުއްދަ ނެތި އުމްރާއަށް މީހުން ގެންދާނަމަ 500،000ރ. އާހަމައަށް ޖޫރިމަނާ ކުރަން
އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު މަރާމާތު ކޮށްދޭން ސްޓެލްކޯ އިން ޝައުގުވެރިކަން ފާޅުކޮށްފި
ފާޑުކިޔުންތަކާ ގުޅިގެން އިސްލާމީ މަރުކަޒުގައި މަސްފެންގަނޑެއް ހަދަން ކުރި އިއުލާނު ބާތިލުކޮށްފި
ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ޑޮލަރުން ޓެކްސް ދައްކަންޖެހޭ ގޮތަށް ގަވާއިދު
އިސްލާމިކް މިނިސްޓްރީން ހޯދާ ހުރިހާ ކާމިޔާބީއެއްގެ ފަހަތުގައި ހުންނަވަނީ ރައީސް މުއިއްޒު: