ޑްރަގު ޓްރެފިކިންގެ މައްސަލައެއްގައި ހަތަރު މީހެއްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި، އެ މީހުން ކުށް ކޮށްގެން ހޯދި ފައިސާތައް ދައުލަތަށް ނަގަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވެ އެންމެ ދިގު މުއްދަތުގެ ޖަލު ހުކުމް ކަމަށްވާ 25 އަހަރުގެ ހުކުމް އައީ ގދ. ތިނަދޫ/ ރަންގަލް، ހަސަން ލޫތު (45އ)، ހުޅުމާލެ ފްލެޓް ނަންބަރު 01-ޖީ-45 ހަސަން ރަޝީދު (36އ)، ތ. ތިމަރަފުށި/ ވައިޓްރޯސް، އިސްމާއިލް ޝަރީފް (43އ) އަދި މއ. ހަސްލަތު، ޝާނިޔާ އިބްރާހިމް (35އ) ގެ މައްޗަށެވެ.
ޖަލަށް ލާން ހުކުމްކުރުމުގެ އިތުރުން ލޫތު ދެ މިލިއަން ރުފިޔާ އިން، ހަސަން ރަޝީދު އެއް މިލިއަން ރުފިޔާ އިން އަދި ޝަރީފާއި ޝާނިޔާ އިބްރާހިމް 500،000 ރުފިޔާ އިން ޖޫރިމަނާކޮށްފައިވެ އެވެ.
މި ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ ރާއްޖެއަށް ޑުރަގް އެތެރެކޮށް، އެ ތަކެތި ބޭނުންކޮށް، ގެންގުޅެ އަދި ޓްރެފިކް ކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން 12 ޖެނުއަރީ 2021 ހިންގި އޮޕަރޭޝަނެއްގަ އެވެ.
މި މައްސަަލައާ ގުޅިގެން އެ މީހުންނާ ގުޅުން ހުރި މާލޭގެ ހަތަރު ތަނެއް ބަލައިފާސްކޮށްފައިވެ އެވެ. އެއީ ގ. ނީ، މއ. ހަނީސަކަލް، މ، ބުރެހިމާގެ އަދި މ. ރޭއަލި ގެސްޓު ހައުސްއެވެ. އެ ތަންތަނުން 54 ގްރާމް ޑައިމޯފިން އާއި 266 ގްރާމް ކެނަބިސް ފެނިފައިވެ އެވެ.
އޭގެ އިތުރުން 1,542,675 ރުފިޔާ ފެނިފައިވެ އެވެ. މި ފައިސާއަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ކަނޑައަޅައި ދައުލަތަށް ނެގުމަށްވެސް ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވެ އެވެ.




ގުޅުންހުރި
ޖިންސީ ފުރައްސާރަކުރިކަން ސާބިތުވުމުން، ފެރިދޫ ކައުންސިލްގެ ރައީސް ސަސްޕެންޑްކޮށްފި
ނުރައްކާތެރިކޮށް ވެހިކަލް ދުއްވާނަމަ 20 އަހަރަށް ޖަލަށްލެވޭ ގޮތް ހަދަނީ
ކައުންސިލްތަކުގެ ސައިޒް ކުޑަކުރުމަށް މަޖިލީހުން ފާސްކޮށްފި
އަނބިމީހާއަށް 15،000 ރުފިޔާ ދޭންޖެހޭ، އަތަކު އެކައްޗެއް ވެސް ނޯވޭ: އައްބާސް
ނައިބު ރައީސުންގެ އިނާޔަތަށް ޝަރުތު ހަމަވަނީ ފައިސަލް އެކަނި
ކުރީގެ ނައިބު ރައީސުންނަށް މަހަކު 25,000ރ. އިނާޔަތެއް ދޭން ސަރުކާރުގެ ފަރާތުން