މާވެޔޮ މަގުގައި ހުރި ފިހާރައަކުން ވައްކަންކުރި މައްސަލައަކާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ އެ ފިހާރައިން ވައްކަން ކޮށްފައިވަނީ ފިހާރައިގެ ދޮރު ހަލާކުކޮށްގެން ވަދެ ކަމަށެވެ. އެ ފިހާރައިން ވައްކަން ކޮށްފައިވާކަން ފުލުހުންނަށް އެނގުނީ ރޭ 4:20 އެހާކަންހާއިރު އެ މަގު ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ވަނީ ތިން މީހަކު ހައްޔަރުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ. އެ ތިން މީހުންނަކީ ގދ. ވާދޫ، އަތަމާގޭ، އިހުސާން އިބްރާހިމް 26 އާއި ހަމަ އެރަށު، ލިލީގެ، މުހައްމަދު ސޮބާހު 46 އާއި ރ. އިނގުރައިދޫ، ދަނބުރުއްދަށުގޭ، އިބްރާހިމް މުހައްމަދު ރަޝީދު ކަމަށް ފުލުހުން ބުންޏެވެ.
އެ މީހުން އަތުލައިގަތީ އެ ސަރަހައްދުގައި ހުރި ސީސީޓީވީ ފުޓޭޖުތައް ބަލައިގެން ކަމަށާއި އެމީހުންނާ އެކު އެ ފިހާރައިން ވަގަށް ނެގި ކަމަށް ބެލެވޭ ފައިސާ އާއި ސިނގިރޭޓު ކާޓަންތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އިހުސާން އިބްރާހިމް 30 ދުވަހަށް، ދެން ތިބި ދެމީހުން 15 ދުވަހަށް ބަންދު ކުރަން ކޯޓުން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.




ގުޅުންހުރި
ޑުރަގް ވިޔަފާރިކޮށް މަނީ ލޯންޑާކުރާ ބޮޑުން ހޯދަން ގއ. އަތޮޅުގައި ބޮޑު
ކިނޮޅަސް ކައިރިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ
ބަނގުރާ ގެންގުޅެ، ބޭނުންކުރާކަމުގެ ތުހުމަތުގައި ނޭޕާލް ބަޔަކު ހައްޔަރުކޮށް ޑީޕޯޓްކޮށްލަން ނިންމައިފި
13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލަ: 17 އަހަރުގެ ކުއްޖާ
ބޭރު ގައުމުތަކުގައި ތިބި ކުށްކުރާ ދިވެހިންނަށް ފުލުހުންގެ އިންޒާރު: ތިބި ތަނަކުން
ދެ ތަނެއް ބަލައިފާސްކޮށް، ޑުރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި