މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ 2024ގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ފާތިމަތު ދީމާ އަލީ އަދި ފިރިހެން އެތުލީޓަކަށް މުޙައްމަދު ޝައްފާން އިސްމާއީލް ހޮވިއްޖެ އެވެ.
ސޯޝަލަ ސެންޓަރުގައި މިރޭ ބޭއްވި ”މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2024“ ރަސްމިއްޔާތުގައި ދިމާ އަށާއި ޝައްފާނަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މިއީ އެންމެ މޮޅު އަންހެން އެތުލީޓުގެ އެވޯޑު ދީމާ ހާސިލުކުރި ދެވަނަ ފަހަރެވެ.
އަހަރުގެ އެންމެ މޮޅު ޓޭބަލް ޓެނިސް ކުޅުންތެރިޔާޣެ އެވޯޑު ވެސް ދީމާ ވަނީ ހާސިލު ކޮށްފަ އެވެ.
ދީމާ ވަނީ އަހަރުގެ އެންމެ މޮޅު ޓޭބަލް ޓެނިސް ކުޅުންތެރިޔާގެ އެވޯޑުވެސް ހާސިލްކޮށްފައެވެ. އަދި އަހަރުގެ އެންމެ ޒުވާން އަންހެން އެތުލީޓުގެ މަގާމުވެސް އޭނާ ވަނީ ހާސިލްކޮށްފައެވެ.
”ސްޕޯޓްސްވުމަން އޮފް ދި އިޔާ ސިލްވާ“ ފާތިމަތު ނަބާހާ ޢަބްދުއްރައްޒާގު ހާސިލުކުރިއިރު، ”ސްޕޯޓްސްވުމަން އޮފް ދި އިޔާ ބްރޮންޒް: ހާސިލުކުރީ އާމިނަތު ނަބީހާ ޢަބްދުއްރައްޒާގެވެ.
”ސްޕޯޓްސްމަން އޮފް ދި އިޔާ ގޯލްޑް“ ޝައްފާން ހޯދިއިރު، ”ސްޕޯޓްސްމަން އޮފް ދި އިޔާ ސިލްވާ“ ހާސިލުކުރީ އަޒްނީން ރަޝާދެވެ.
އަދި ”ސްޕޯޓްސްމަން އޮފް ދި އިޔާ ބްރޮންޒް“ ހޯދީ ނިބާލް އަޙްމަދެވެ.




ގުޅުންހުރި
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި
ރައްޔިތުން ނުކުތީ ދިރިއުޅުމުގެ އަގު އިންތިހާއަށް ދިއުމުން، ތިބެންވާނީ އެ މީހުންނާއެކު:
މަގާމަށް އައްޔަން ކުރިތާ 4 މަސް، ސްޓެލްކޯގެ އެމްޑީ ޝަމާހު ވަކިކޮށްފި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
ފަލަސްތީން ރައްޔިތުން ސޯމާލީލޭންޑަށް ބަދަލުކުރަން އިޒްރޭލުން ރާވަނީ!
ޑުރަގް ވިޔަފާރިކޮށް މަނީ ލޯންޑާކުރާ ބޮޑުން ހޯދަން ގއ. އަތޮޅުގައި ބޮޑު