މޯލްޑިވްސް ޕްރޮފެޝަނަލް ސްޕީކާސް އެސޯސިއޭޝަން (އެމްޕީއެސްއޭ) އިން، އެ ޖަމިއްޔާގެ މެންބަރުންނާއި ބައިނަލްއަގުވާމީ ބައިވެރިންނާ ގުޅިގެން، ރާއްޖޭގެ ފުރަތަމަ ޕްރޮފެޝަނަލް ސްޕީކަރުންގެ ސަމިޓަށް ރަޖިސްޓްރޭޝަން ހުޅުވާލައިފި އެވެ.
އެމްޕީއެސްއޭ ޕްރޮފެޝަނަލް ސްޕީކާސް ސަމިޓް 2024ގެ މަގުސަދުތަކުގެ ތެރޭގައި ވާހަކަދެއްކުމުގެ ހުނަރު ކުރިއެރުވުމާއި މުވާސަލާތުކުރުމުގެ ހުނަރުތައް އިތުރަށް ތަރައްގީކުރުން ހިމެނެ އެވެ. މިއީ ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ސަމިޓެވެ. ”ޑިސްކަވާ އެންޑް ގްރޯ“ގެ ތީމްގައި އެ ސަމިޓް ބާއްވަން ހަމަޖެހިފައިވަނީ އެމްއެންޔޫ ފެކަލްޓީ އޮފް އެޑިއކޭޝަންގެ އޯޑިޓޯރިއަމްގައެވެ.
މި ސަމިޓްގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާއިރު، އެމްޕީއެސްއޭ އިން ބުނީ މި ސަމިޓަކީ އެމްޕީއެސްއޭގެ މެމްބަރުންނަށާއި ވާހަކަދެއްކުމުގެ ދާއިރާއަށް ޝައުގުވެރިވާ ފަރާތްތަކަށް އަމިއްލަ ނަފުސަށް އޮންނަ އިތުބާރު އިތުރުކޮށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ސަމިޓެއް ކަމަށެވެ. އޭގެ އިތުރުން ވާހަކަދެއްކުންތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ މައުލޫމާތު ހިޔާލު ފާޅުކުރެވޭ މުހިންމު ފުރުސަތަކަށްވެސް މި ސަމިޓް ވެގެންދާނެ ކަމަށް ބުންޏެވެ.
މި ސަމިޓްގައި ޕްރޮފެޝަނަލް ސްޕީކިން ދާއިރާ އިން ދުނިޔޭގެ ލެވެލްގައި ފާހަގަކޮށްލެވޭ ބޭފުޅުންގެ ކީ ނޯޓް ސްޕީޗަސްތަކާއި މާސްޓާ ކްލާސްތަކާ ޕެނަލް ޑިސްކަޝަންތައް ކުރިއަށް ގެންދާނެ އެވެ.
އެމްޕީއެސްއޭ އިން ބުނީ، އެ މައުލޫމާތުތަކުގެ އަލީގައި ބައިނަލްއަގުވާމީ ފެންވަރުގެ ވާހަކަ ދެއްކުންތެރިއަކަށް ވުމަށާއި އެ ދާއިރާ އިން ތަޖުރިބާކާރަކަށް ވުމަށް އެހީތެރިވާނެ ކަމަށެވެ. އޭގެ އިތުރުން ކޮމިއުނިކޭޝަން ދާއިރާގެ ތަޖުރިބާކާރަށްވުމަށްވެސް މަގު ހުޅުވިގެންދާނެ ކަމަށް ބުންޏެވެ.
Register Here
https://form.jotform.com/242893535185062
އެމްޕީއެސްއޭ އަކީ ޕްރޮފެޝަނަލް ސްޕީކިން އަށް ހާއްސަކޮށްގެން އުފައްދާފައިވާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާ އިން ދަނީ މިހާރުވެސް ޕްރޮފެޝަނަލް ސްޕީކިން އާއި ބެހޭ ސެޝަންތައް ބާއްވަމުންނެވެ. މި ސަމިޓްގެ އިތުރުން ކުރިއަށްވެސް ޖަމިއްޔާގެ ހަރަކާތްތައް އެބަހުރި ކަމަށް އެ ޖަމިއްޔާއިން މައުލޫމާތު ދެ އެވެ.

ގުޅުންހުރި
މާލޭ ގެއެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެނަކު ވެއްޓިފައި އޮއްވާ ފެނިއްޖެ،
ޒުވާނުން އަލުން މަހަށް ދާން ފަށައިފި، އެއީ ބޭނުންވި ގޮތް: ރައީސް
ކުއްލި ގޮތަކަށް މަރުވި ކޫބެއަކީ އިރަމްގެ ފިރިމީހާ، ކައިވެންޏަށް އަދި އަހަރެއް
ފުވައްމުލަކުގައި ކަރަންޓުގައި ޖެހިގެން ޒުވާނަކު މަރުވެއްޖެ
ނޫސްވެރިންނާ ބައްދަލުނުކުރައްވާތާ 515 ދުވަސް ފަހުން ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވަނީ
ސިނގިރޭޓް މަނާކުރުމުގައި ގިނަ މީހުން ބޭނުންވި ގޮތާ ހިލާފަށް ނިންމީ އިހުތިރާމް