ހުޅުމާޅޭގައި ހުންނަ ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން (ވެމްކޯ)ގެ އޮފީސް ރަސްމީކޮށް ބޭނުން ކުރަން ފަށައިފި އެވެ.
އެ އޮފީހުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ އޮފީސް ހުޅުވައިދެއްވީ އެންވަޔަރުމެންޓް މިނިސްޓަރު އިބްރާހިމް ތޯރިގެވެ.
އެ ރަސްމިއްޔާތުގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ އަލީ އަދި އެ ކުންފުނީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ހުޅުމާލެގެ އާންމު ސަރަހައްދުތައް ކުނިކަހާ ސާފުކުރުމުގެ މަސައްކަތް ކުރަނީ ވެމްކޯއިންނެވެ. އެކަމުގެ އެއްބަސްވުމުގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި ވެމްކޯއާ ދެމެދު ސޮއިކޮށްފައިވަނީ 2022 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ތިން އަހަރު ދުވަހުގެ މުއްދަތަށެވެ.
ހުޅުމާލޭގެ އާންމު ތަންތަނުގެ އިތުރުން ހުޅުމާލެއަށް ބަނދަރުކުރާ ބޯޓުފަހަރުންނާއި ސަފާރީތަކުން ވެސް ކުނި ނެގުމުގެ ހިދުމަތް ފޯރުކޮށްދެނީ ވެމްކޯއިންނެވެ.




ގުޅުންހުރި
ވެމްކޯ ސައިޓު ތެރޭގައި ހިނގި ހާދިސާއެއްގައި އަނިޔާވި މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެނީ
މަރުގެ މައްސަލައިގައި ހައްޔަރުކުރި ލަންކާ މީހާ ފިލައިގެން ދާން އުޅުނުކަމުގެ ތުހުމަތު
ވެމްކޯ މުވައްޒަފުންނަށް މުސާރައިގެ ލަސްކަމެއް، މާދަމާގެ ނިޔަލަށް މުސާރަދީ ނިންމަނީ
އެކްސްކެވޭޓަރުން ކުނިތައް ނެގީ އަމީން މިއާގެ ހަށިގަނޑާއެކު، މަރުވީ ކުނިތަކާއެކު ވަޅުލެވިގެން!
ބިދޭސީއެއްގެ ބުރައްކައްޓަށް ވަޅި ޖެހި 16 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފި
އީދު ކުލަގަދަކޮށް ފާހަގަކުރުމުގެ އިންތިޒާމުތައް ހަމަޖެއްސި ފަރާތްތަކަށް ރައީސްގެ ޝުކުރު