އުމުރުން ދުވަސްވީ މީހެއްގެ ކޭޝްކާޑުން ވަގަށް ނެގުމަށްފަހު 25،000 ރުފިޔާ ވަގަށް ނެގި މައްސަލައަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ އެކަމުގެ ރިޕޯޓް ލިބިފައިވަނީ އިއްޔެ 20:13 އެހާކަންހާއިރު ކަމަށެވެ. އެއީ ގއ. ވިލިނގިލީގައި ހިނގި ހާދިސާއެއް ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންނަކީ ވިލިނގިލި، ލައިފް، މުހައްމަދު ޝައިން ޝަމީޒް (22އ) އަދި ލ. ގަން، ތުނޑީ، ނޯތް ހެވަން، ހަމްދޫން ހަލީލް (24އ) ކަމަށް ފުލުހުން ބުންޏެވެ.
”އެ މީހުން ހައްޔަރުކޮށް އެ މީހުން ދަތުރުކުރި ލޯންޗު ބަލައިފާސްކުރިއިރު ކޭޝްކާޑު ބޭނުން ކޮށްގެން އެ މީހުން ވަގަށް ނެގި ކަމަށް ބެލެވޭ 25،000 ރުފިޔާގެ ތެރެއިން 23،000 ރުފިޔާ ފެނިފައިވޭ“ ފުލުހުން ބުންޏެވެ.
އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ގއ. މާމެންދޫން، ވިލިނގިއްޔަށް ދަނިކޮށް ކަނޑުމަތިން ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ގުޅުންހުރި
ކުށުގެ އަމަލުތަކަށް އަރައިގަންނަ ސަރަހައްދުތަކުން ކުޑަކުދިން ފެންނަ މިންވަރު އިތުރުވެއްޖެ
ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން ބޮޑު ސްކޭމެއް، 2.9 މިލިއަން ރުފިޔާގެ ގެއްލުން
ފުލުހުންގެ ބަންދުގައި ހުރި މީހަކު މަރުވެއްޖެ
މީހަކު ރަހީނުކޮށް، އާއިލާއަށް ގުޅައި ފައިސާ އަތުލަން އުޅުނު ދެ ބިދޭސީން
އިމާރާތެއްގެ ބައިތަކެއް ވެއްޓި ހަތަރު އުނޅަދަކަށް ބޮޑެތި ގެއްލުންތަކެއް
ޒަކިއްޔާގެ މަރު: ދައުވާކުރަން އެދުނު ފުލުހުންގެ ތެރޭގައި ސީޕީ ނަވީން!