ގެދޮރު ހަދަން 5 ޕަސެންޓް އިންޓްރެސްޓުގައި ދޭ ލުއި ލޯނަށް އަންނަ މަހު ހުޅުވާލަނީ

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ---

ގެދޮރު ހަދަން ދޭ ލުއި ލޯން ޕްރޮގްރާމް، ’ހިޔާވަހި ފައިނޭންސް ސްކީމް“ގެ ދަށުން ހުޅުވާލާ ޕްރޮގްރާމްތަކަށް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހު ހުޅުވައިލާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހިޔާވަހި ފައިނޭންސިން ސްކީމަކީ ގެދޮރު ހަދަން ބޭނުންވެފައިވާ މީހުންނަށް މާލީ އެހީތެރިކަން ދިނުމަށް ސަރުކާރުން ފަށަން ނިންމާފައިވާ ސްކީމެކެވެ. ފަސް ޕެސެންޓުގެ އިންޓްރެސްޓް ރޭޓުގައި ދޭ އެ ލޯނު އަނބުރާ ދެއްކުމަށް 25 އަހަރު ލިބޭނެއެވެ.

އެ ސްކީމްގެ ތެރެއިން ލޯނު ދޫކުރެވޭނީ ކޮންމެ މީހެއްގެވެސް ފުރަތަމަ ގެ ހެދުމަށް އަދި ހަދަން ފަށާފައި ހުރި ގެއެއް ނިންމަން ލޯނު ދޫކުރާނެ އެވެ.

ހައުސިން މިނިސްޓްރީން މިއަދު ވަނީ އެ ސްކީމުގެ ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

ބީއެމްއެލް އަކީ އެ ސްކީމުގެ ތިންވަނަ ޕާޓްނަރެވެ. މީގެ ކުރިން ވަނީ އެ ސްކީމުގެ ޕާޓްނަރުންގެ ގޮތުގައިމޯލްޑިވްސް އިސްލާމިކް ބޭންކް އަދި ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ހަމަޖައްސައިފަ އެވެ.