ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުރި ކަރަންޓު ޓްރާންސްފޯމަރެއްގެ ތެރެއަށް ވަދެއިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ ހިޔާ 13 ވަނަ ޓަވަރު ކައިރީގައި ހުރި ޓްރާންސްފޯމަރެއްގެ ތެެރެއިންނެވެ.
އެ ސަރަހައްދުގައި ދިރިއުޅޭ މީހަކު ”ހަފްތާ“އަށް ބުނީ އެ ފިރިހެން މީހާ ޓްރާންސްފޯމަރުގެ ތެރެއަށް ވަދެފައިވަނީ ރޭ ފަތިހު 5:30 އެހާކަންހާއިރު ކަމަށެވެ.
ފުލުހުން އެ ޓްރާންސްފޯމަރު ހުޅުވާފައިވަނީ ސްޓެލްކޯގެ އެހީތެރިކަމާއެކު ކަމަށެވެ.
މިފަހުން ވަނީ ޓްރާންސްފޯމަރުތަކުން ވައްކަންކުރާ މައްސަލަތަކެއް ވެސް ފުލުހަށް ހުށަހަޅައިފަ އެވެ.

ގުޅުންހުރި
މާލޭގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގައިފި
މެއިންޓަނެންސް މަސައްކަތަކަށް ހިޔާގެ 4 ޓަވަރަކާއި އެމްޕީއެލްގެ ޓަވަރުތަކުން މާދަމާ ކަރަންޓް
އިތުރު މީހެއް ކުޅުދުއްފުށި ޕޮލިސްގެ ބަންދުގައި ހުރެ މަރުވާން މަސައްކަތްކޮށްފި
މީހެއްގެ ގަޔަށް ކަޅުތެޔޮ ޖެހުމަކީ ކުޑަ ކުށަކަށްވާތީ މަންދީގެ ގަޔަށް ތެޔޮ
ފުލުހުންގެ އަހަރީ ދުވަހާ ގުޅިގެން މޭވާ ގަސް އިންދަނީ، މާމިގިލީގައި އިންދީ
ގާސިމުގެ ހިލޭ އެހީގައި މާމިގިލީގައި ފުލުހުންގެ މަރުކަޒެއް އިމާރާތްކުރަނީ