ނޮވެމްބަރ 22, 2024

ސަމީރު ޑެޕިއުޓީ ޕީޖީގެ މަގާމުން އިސްތިއުފާ ދެއްވައިފި

ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި އަލީ ސަމީރު އިސްތިއުފާ ދެއްވައިފިއެވެ.

ސަމީރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ އިއްޔެއަކީ ޕީޖީ އޮފީހުގައި އޭނާގެ އެންމެ ފަހު ދުވަސް ކަމަށެވެ. ، އެކުގައި މަސައްކަތްކުރި އެންމެންނަށް ޝުކުރު އަދާކުރައްވާ ކަމަށާއި، ކުރިއަށް ހުރި މަސައްކަތާ މެދު ބޮޑު އުއްމީދެއް އެބައޮތް ކަމަށް ވިދާޅުވި އެވެ.

ނަމަވެސް އިސްތިއުފާ ދެއްވީ ވަކި ސަބަބެއް އޮވެގެން ނޫން ކަމަށް އޭނާ ވިދާޅެއްނުވެ އެވެ.

ޑެޕިއުޓީ ޕީޖީގެ މަގާމަށް ސަމީރު އައްޔަން ކުރެއްވީ މެއި، 2022 ގަ އެވެ.

ސަމީރު އިސްތިއުފާ ދެއްވުމާ އެކު، ޑެޕިއުޓީ ޕީޖީއަކަށް މި ވަގުތު ހުންނަވާނީ މަހުމޫދު ސަލީމް އެކަންޏެވެ.

އެ މަގާމަށް ބޭފުޅުން އައްޔަންކޮށް، ވަކިކުރާނީ ޕްރޮސެކިއުޓާ ޖެނެރަލެވެ.