ވަގަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓްތަކެއް ކަސްޓަމުން އަތުލައިގެންފިއެވެ.
ކަސްޓަމުން މިއަދު ބުނީ އެ ސިނގިރޭޓުތައް އަތުލައިގެންފައިވަނީ މިދިޔަ ހުކުރު ދުވަހުގައެވެ. ވަގަށް އެތެރެކުރަން އުޅުނު 1،695 ސިނގިރޭޓް އަތުލައިގެންފައިވާ ކަމަށް ކަސްޓަމުން ބުންޏެވެ.
އެ ސިނގިރޭޓުތައް ރާއްޖެ އެތެރެކުރަން މަސައްކަތް ކޮށްފައިވަނީ ދަ ހޯކްސް ކުންފުނީގެ ބޯޓެއްގައެވެ.
ދަ ހޯކްސްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކުންފުނީގެ ބޯޓެއްގައި ހުއްދަނެތި ރާއްޖެއަށް ސިނގިރޭޓް އެތެރެކުރި ހާދިސާގައި ކުންފުނީގެ އެއްވެސް ބައިވެރިވުމެއް ނެތްކަމަށެވެ. ހޯކްސްއިން ބުނީ އެ ކަމުގައި އަމިއްލަ މަންފާއަށް ގާނޫނާ ހިލާފު އަމަލެއް ކުރިކަމުގެ ތުހުމަތުވާ މުވައްޒަފުން ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.
”ކެމެރާ ފުޓޭޖުތައް ބެލިބެލުމުން މިހާތަނަށް ކުންފުނީގެ މުވައްޒަފުންތަކެއްގެ މައްޗަށް ޣައިރު ގާނޫނީ ހަރަކާތްތަކަކަށް ކުންފުނީގެ ރިސޯސަސް ބޭނުންކޮށް އަމިއްލަ މަންފާ ނަގަން މަސައްކަތްކޮށްފައިވާ ކަމުގެ ތުހުމަތުކުރެވިފައިވެއެވެ. ކުންފުނިން ވަނީ ތުހުމަތުކުރެވުނު މުވައްޒަފުންތައް ވަގުތުން މަސައްކަތުން އެކަހެރިކޮށް، ކަމާބެހޭ އިދާރާތަކަށް އެކަން ރިޕޯޓުކޮށްފައެވެ.“ ހޯކްސްއިން ބުންޏެވެ.
އެ ކުންފުނިން ބުނީ ކުންފުނީގެ މެނޭޖްމަންޓުގެ ފަރާތުން ފުލުހުންނަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއްދީ ގާނޫނާއި ހިލާފު އަމަލުތަކުގައި ބައިވެރިވެ އެއަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ ހައްޔަރުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ފުރިހަމަ އެއްބާރުލުންދީފައިވާނެ ކަމަށެވެ.
އަދި ކޯޓު އަމުރު ލިބެން ދެން ފުލުހުން އެތަނުގައި ހަރަކާތްތެރިވުމަށް ފުރުސަތު ދިން ކަމަށް ހޯކްސްއިން ބުންޏެވެ.




ގުޅުންހުރި
ވަގު ސިނގިރޭޓުގެ ތުހުމަތު އަޅުވައި މަގާމުން ވަކިކުރި ރިޔާޒަށް އަލުން ވަޒީފާ
ވަގު ސިނގިރޭޓުގެ ތުހުމަތު އަޅުވައި މަގާމުން ވަކިކުރި ރިޔާޒަށް އަލުން ވަޒީފާ
ސިނގިރޭޓް ވައްކަން: ކޮންޓޭނަރުތައް ވަގަށް ނެގުމަށްފަހު އެއާ އެއްގޮތަށް ހަދާފައިވާ ދެ
ވަކިކުރީ 30 އަހަރަށްވުރެ ގިނަ ދުވަހު ކަސްޓަމަށް ހިދުމަތްކުރި ވަހީދާއި ރިޔާޒު
ނާޒިމްގެ ކަންބޮޑުވުން: ސިނގިރޭޓް ވަގަށް އެތެރެކުރުން އިތުރުވެ, އާމްދަނީ އެބަ ދަށްވޭ!
ކަސްޓަމްސްއިން ތިން މިލިއަން ސިނގިރޭޓު ނައްތާލައިފި