މިފްކޯއަށް މަސް ގަންނަ އަގު ކުޑަކުރީ ހެޔޮ ނިޔަތުގައި މަސްވެރިކަމުގެ ލާބައަށް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ މަހުގެ އަގު 20ރ. އިން މަތީގައި ހިފެހެއްޓުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެއް ނަމަވެސް އެ ވައުދާ ހިލާފަށް މަހުގެ އަގު ކުޑަ ކުރީ މަސްވެރިންގެ ލާބައަށްޓަކައި ހެޔޮ ނިޔަތުގައި ކަމަށެވެ.
ޝިޔާމް މަހުގެ އަގު ކަނޑައަޅަންޖެހޭނީ ދުނިޔޭގެ ބާޒާރުގެ އަގުތަކަށް ބެލުމަށްފަހު ކަމަށާއި އެކަން އެގޮތަށް ނުކޮށްފިނަމަ މަސްވެރިކަމުގެ އިންޑަސްޓްރީ ރާއްޖޭގައި ނުހިފެހެއްޓޭނެ ކަމަށެވެ.
”އިރާދަކުރެއްވިއްޔާ މަސްވެރިންނަށް ބަރާބަރަށް ފައިސާ ދެމުން މި ސަރުކާރުން މި ދަނީ. މަހުގެ އަގު އެއީ ދުނިޔޭގެ ބާޒާރާ ގުޅިގެން ކަނޑައެޅޭ އަގަކަށް ވާންޖެހޭނެ. އެހެން ނޫނިއްޔާ ދެމެހެއްޓެނިވި ގޮތެއްގައި ދިވެހިރާއްޖޭގައި މަސްވެރިކަމުގެ ސިނާއަތެއް ނޯންނާނެ. މަހުގެ އަގަށް އެއިރު ބަދަލު އަޅުގަނޑުމެން ނުގެނައިނަމަހީ ދިވެހިރާއްޖޭގައި މި ސިނާއަތެއް ނޯންނާނެ، މިފްކޯ ކިޔާ ކުންފުންޏެއް، ދިވެހި ރައްޔިތުންގެ ހުރިހާ ޓެކްސް ފައިސާއެއް މިފްކޯ ހިންގަން ހޭދަކޮށްގެން އަޅުގަނޑުމެން ތިބެންޖެހޭނީ،“ ޝިޔާމް ވިދާޅުވި އެވެ.
”[މަހުގެ އަގު ކުޑަ ކުރުމަކީ] އެއީ ބަހަނާއެއް ނޫން އެއީ ރަނގަޅު ނިޔަތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ވަރަށް ރަނގަޅު ނިންމެވުމެއް. އަދި މަސްވެރި އާއިލާތަކާއި މުޅި މަސްވެރި އިންޑަސްޓްރީގެ ލާބައަށް ނިންމެވި ނިންމެވުމެއް،“ މިނިސްޓަރު ވިދާޅުވި އެވެ.
މަހުގެ އަގު ކުޑަނުކުރިނަމަ މި އަހަރު ވެސް 1.2 ބިލިއަން ރުފިޔާގެ ސަބްސިޑީ މިފްކޯއަށް ދޭންޖެހޭނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
18 Comments
ގުޅުންހުރި
މެންބަރުކަން ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީއަށް ދިނުމުން ރައްޔިތުންގެ ބާރު ގެއްލޭ:
މަނާކުރަންވީ ފަލަސްތީނުގައި ގަތުލުއާންމު ހިންގާ މީހުންގެ ޕާސްޕޯޓް އެކަނި: ނާޒިމް
މަޖިލީހުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެދިއްޖެ، ކޯޓަށް ދާން މަޝްވަރާކުރާނަން:
އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލާ ގުޅޭ ގަރާރު ބޭރުކުރީ އެމްޑީޕީގެ ހެޔޮނިޔަތް
މިއަދު އެ ފެނުނީ ޕީއެންސީގެ މެންބަރުން އަމިއްލަ މަސްލަހަތު ކުރިއަށް ނުނެރޭނެކަން:
ޕާޓީ ބަދަލުކުރުމުން މެންބަރުކަން ގެއްލޭ އިސްލާހު ރައީސް ވަގުތުން ތަސްދީގު ކުރައްވައިފި