ނަސްރުގެ ދުވަހުގެ މައުރަޒު ހުޅުވައިފި

ނަސްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު 2024 ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުވައިދެއްވައިފި އެވެ.

އެ މައުރަޒަކީ ނޮވެމްބަރު 3، 1988ގައި ކުރިމަތިވި އުދުވާނީ ހަމަލާގައި ލިބުނު ގެއްލުންތަކާއި އެ ދުވަހު ނަސްރު ހޯދުމަށް ސިފައިން ދެއްކި ހިތްވަރު ފެނިގެންދާނެ މައުރަޒެކެވެ. އެ މައުރަޒުގައި 200 އަށްވުރެ ގިނަ ޑިސްޕްލޭ ހުރިއިރު، އޭގެތެރޭގައި ފޮޓޯގެ އިތުރުން ނަސްރުގެ ދުވަހު ބޭނުން ކުރި ބައެއް އަސްލު ހަތިޔާރު އެބަ ހުއްޓެވެ.

މިއަދުން ފެށިގެން މިމަހުގެ 9 ގެ ނިޔަލަށް ނޭޝަނަލް އާޓް ގެލަރީގައި ކުރިޔަށްދާ މި މައުރަޒު ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 9:00 އިން 12:00، މެންދުރުފަހު 2:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.

ރައީސް އޮފީހުން ބުނީ މި މައުރަޒުގެ މައިގަނޑު ބޭނުމަކީ ނަސްރުގެ ދުވަހުގެ މައުލޫމާތު އަދުގެ ޖީލަށް ބުނެދިނުމެވެ.