މިއަދު 80 ޕަސެންޓް މީހުންނަކީ ކުއްޔަށް ދިރިއުޅޭ މީހުންނަށްވާ ނަމަ މި ފަސް އަހަރު ނިމޭއިރު އޭގެ ތެރެއިން 70 ޕަސެންޓް މީހުންނަށް ދިރިއުޅޭނެ އަމިއްލަ ތަނެއް ހޯދައިދޭނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
ބަޖެޓް 2025ގެ ނަމުގައި ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އެ ޕާޓީގެ ހަރުގޭގައި ރޭ ބޭއްވި ސައްލާ ފޯރަމުގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒްގެ އަންޑަ ސެކްރެޓަރީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލު ވިދާޅުވީ، އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގައި ބޯހިޔާވަހިކަމަށް 2.8 ބިލިއަން ރުފިޔާ ހިމަނާފައިވަނީ ބޯހިޔާވަހިކަމަކީ ދައުރުގެ އެންމެ ފަހު ކަމަކަށް ވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅު ނުވާތީ، ވެރިކަމުގައި ހުށަހަޅުއްވާ ފުރަތަމަ ބަޖެޓުން އެކަމަށް ހައްލެއް ގެނައުމަށް މަސައްކަތް ފެށުމަށް ކަމަށެވެ.
”މިއަދު އަޅުގަނޑުމެންގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ ކުއްޔަށް އުޅޭ މީހުން. މާނައަކީ އޭނަ، އޭނާގެ އަމިއްލަ ތަނަކު ނޫން ދިރިއުޅެނީކީ. ހާއްސަކޮށް މާލެ ސަރަހައްދުގައި 83 ޕަސެންޓް ގޭބިސީތަކުގައި މީހުން ދިރިއުޅެނީ އަމިއްލަ މިލްކުވެރިކަން އޮންނަ ތަނަކު ނޫން. ކުއްޔަށް ދިރިއުޅެނީ. ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވެވަޑައިގަންނަވަނީ މި ފަސް އަހަރުގެ ދައުރު ނިމޭއިރު އެ ހަގީގަތް އޭގެ އަނެއްކޮޅަށް ބަދަލުކުރަން. މިއަދު 80 އިންސައްތައަކީ ކުއްޔަށް ދިރިއުޅޭ މީހުންނަށްވާ ނަމަ މި ފަސް އަހަރު ނިމޭއިރު އޭގެ ތެރެއިން ބޮޑު އިންސައްތައަކީ، 60 އިންސައްތަ މީހުންނަކީ 70 އިންސައްތަ މީހުންނަކީ އެ މީހަކު ފަހުރުވެރިކަމާއެކު މިއީ ތިމަންނަގެ އަމިއްލަ ތަނެކޭ ބުނާނެ ތަނެއްގައި ދިރިއުޅޭނެ ހަގީގަތަކަށް ބަދަލުކުރަން،“ ފިރުޒުލް ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ގެ ހަދަން ނުވަތަ ގެ މަރާމާތުކުރަން ފަސް ޕަސެންޓުގައި ލޯނު ދިނުމަށް އެއް ބިލިއަން ރުފިޔާ ހިމަނާފައިވާކަން ފާހަގަކުރައްވައި ފިރުޒުލް ވިދާޅުވީ، އެކަމުގެ ސަބަބުން ރަށުގައި ގޯއްޗެއް އޮތް ނަމަވެސް، މާލީ ދަތިތަކާ ހެދި އެ ގޯތި ނުހެދިފައި ހުރި މީހާއަށް ފަސޭހަކަމާއި އަތްފޯރާފަށުގައި ބޭންކުތަކުން ފައިސާ ލިބިގެންދާނެ ކަމަށެވެ. އަދި އެ ލޯނަކީ އިސްލާމީ އުސޫލުތަކުގެ ތެރެއިން ދޫކުރާނެ ލޯނެއް ކަމަށްވެސް ވިދާޅުވި އެވެ.
”އުއްމީދަކީ ގެދޮރުވެރިކަމަކީ ބިލާހެއްގެ ގޮތުގައި އޮންނަ އޮތުން އެއީ ހަގީގަތަކަށް ވެގެންދާނެ. 2025 ވަނަ އަހަރުގެ ބަޖެޓް އަމާޒުކުރަނީ ހަގީގަތުގައި އެކަން ހަގީގަތަކަށް ހަދައިދޭން،“ ފިރުޒުލް ވިދާޅުވި އެވެ.
83 Comments
ގުޅުންހުރި
ޕްރައިމަރީއަކާނުލައި ނެތި ރިޔާސީ ޓިކެޓް ރައީސްއަށް ލިބިވަޑައިގަންނަވާނެ: އަބްދުއްރަހީމް
ފުރުސަތު ލިބުނަސް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވާދަނުކުރައްވާނަން: އަބްދުއްރަހީމް
ނަތަންޔާހޫ ހައްޔަރުކުރަން އައިސީސީން ކުރި އަމުރަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ
ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ޔޫކޭއަށް، ހުރިހާ ހަރަދެއް ކުރައްވާނީ އަމިއްލަފުޅަށް
ޕާޓީ ބަދަލުކުރުމުން މެންބަރުކަން ގެއްލޭ އިސްލާހު ރައީސް ވަގުތުން ތަސްދީގު ކުރައްވައިފި
ބަޖެޓް ބަހުސް މިއަދު ނިންމައިލަނީ