ނޮވެމްބަރ 14, 2024

ކުރީގެ ލޯބިވެރިޔާއަށް އަނިޔާކޮށް މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި

ކުރީގެ ލޯބިވެރިޔާއާ އަނިޔާކޮށް މާރާމާރީ ހިންގި މިހާކު ހައްޔަރުކޮށްފި އެވެ.

އެމައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެކެވެ. ކުރިމިނަލް ކޯޓުން ވަނީ އެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފަ އެވެ.

އެ ކޯޓުގެ ބަންދު އަމުރުގައި ވާ ގޮތުން، އޭނާ ވަނީ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހާއާ މާރާމާރީ ހިންގައި އޭނާ އަށް ހަމަލާ ދީފަ އެވެ. އެގޮތުން، އެ މީހާގެ ތުންފަތް ފެޅި، އިނގިލިތައް ރަތްވެ، ފަލަމަސްގަނޑުގެ ތަންގަނޑެއް ނޫފައިގެންފައިވާ ކަމަށް ކޯޓު އަމުރުގައިވެ އެވެ.

ހާދިސާ ރިޕޯޓާ ހަވާލާދީ ކޯޓު އަމުރުގައި އިތުރަށް ބުނެފައިވާ ގޮތުގައި ހާދިސާ ހިނގި ތަނުގައި ލޭ ވެސް ހުއްޓެވެ.