ހިޔާ ފްލެޓުގައި މީހަކު ރަހީނުކުރި މައްސަލަ: ހައްޔަރުކުރި 12 މީހުންގެ ފޮޓޯއާއި ވަނަވަރު ހާމަކޮށްފި

ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ފްލެޓުގެ އެޕާޓްމަންޓެއްގެ ތެރޭގައި މީހަކު ރަހީނުކުރި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ފޮޓޯއާއި ވަނަވަރު ފުލުހުން ހާމަކޮށްފި އެވެ.

އެޗް9-20-11 ގައި މީހަކު ރަހީނުކޮށްގެން ގެންގުޅެނިކޮށް އޭނާ ސަލާމަތްކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެ އެވެ. ފުލުހުން ބުނާ ގޮތުން އެ ތަނަކީ ޑުރަގް ކެފޭއެއްގެ ގޮތުގައި ބޭނުން ކުރަމުންދާ ތަނެކެވެ.

ފުލުހުންގެ އޮފިޝަލަކު މީޑިއާތަކަށް ވިދާޅުވި ގޮތުގައި، އެ މީހާ ރަހީނުކުރީ ގޭންގަކަށް ނިސްބަތްވާ ބައެކެވެ. އަދި ރަހީނުކުރި މީހާގެ ބޯ ބާލައި، އިނގިލިތައް ބުރިކޮށްލަން މަސައްކަތް ކުރި ކަމަށްވެސް ވިދާޅުވި އެވެ.

އެ މައްސަލައިގައި ހައްޔަރުކުރި 12 މީހުންނަކީ:

  • ލ. އިސްދޫ/ ހިޔަލީގުލްޝަން، އިބްރާހިމް ނަޝީދު (34އ)
  • ލ. މާވަށް/ ޖަމީލާމަންޒިލް، އާދަމް ހުސެއިން (48އ)
  • ށ. ފޯކައިދޫ/ ދަންމަރު، އަހުމަދު ޒާހިދު (36އ)
  • ކ. ގުރައިދޫ/ ޒުނައިޓްވިލާ، އިޒާން އަހުމަދު (18އ)
  • މ. ހަތިކަނޑު/ މުހައްމަދު އިޒްކާން (18އ)
  • ގދ. ވާދޫ/ ވެހި، އަލްމާން އަލީ ހާލިދު (22އ)
  • ބ. ގޮއިދޫ/ ނައިޓްސްޓާ، އަހުމަދު ސަމީހު (22އ)
  • ވ. ގާމާ/ އިސްމާއިލް ވިސާމް މުހައްމަދު (29އ)
  • ގދ. ވާދޫ/ ޗިޗަންޑާގެ، ވިޝާމް މުހައްމަދު (23އ)
  • ހުޅުމާލެ ހިޔާ 14-17-03، ވިސާން މުހައްމަދު (30އ)
  • ގދ. ވާދޫ/ ޖަނަވަރީގެ، މުޝްތާގު ޝާކިރު (37އ)
  • މ. ކޮޅުފުށި/ ހަސަން ގާލިބު (38އ)

މި މީހުންގެ ތެރެއިން އަލްމަން، އިޒްކާން އަދި އިޒާންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ފަސް ދުވަސް ޖަހައިފަ އެވެ. އަނެއް ނުވަ މީހުންގެ ބަންދަށް ދިނީ ހަތް ދުވަހެވެ.