ކޭ-ޕާކް ރެސިޑެންސްގެ ފްލެޓްތައް މަކަރާއި ހީލަތުން ވިއްކާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާކޮށްފައިވާ ހަސަން މަމްދޫހުގެ މުދާތައް ޝަރީއަތް ނިމެންދެން ހިފެހެއްޓުމުގެ އަމުރެއް ކުރިމިނަލް ކޯޓުން މިއަދު ކޮށްފި އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މަންޑޭގެ ޕެންޓަހައުސްއާއި އެތަނުގައި ހުރި ލަގްޒަރީ މުދާތައް ވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އަމުރެއްގެ ދަށުން އެއް އަހަރު ދުވަހުގެ މުއްދަތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަަލައިގެ އަޑުއެހުމުގައި ދައުލަތުން ވަނީ އެ އަމުރުގެ މުއްދަތު މާދަމާއަށް ހަމަވާތީ މުއްދަތު އިތުރުކޮށް ދިނުމަށް އެދިފަ އެވެ. ދައުލަތުން އެދުނީ މައްސަލައިގެ ޝަރީއަތް ނިމެންދެން މުދާތައް ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައި ދިނުމުގެ އަމުރަކަށެވެ.
އެކަމާ ގުޅިގެން މަންޑޭގެ ދިފާއީ ވަކީލު ވަނީ އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމުގެ ބޭނުމެއް އަދި އެއިން ދައުލަތުން ކުރަން އުޅޭ ކަމެއް ސާފު ނުވާ ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ނިންމެވީ ދައުލަތުން އެދުނު ގޮތަށް އަމުރު ނެރެދިނުމަށެވެ.

ގުޅުންހުރި
ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުކުރީ ރަނގަޅަށް: ސުޕްރީމް ކޯޓު
ދައުލަތުން ރައުދުއަށް ދައުވާ ކުރަނީ ޔުމްނު ވެއްޓުނުކަން އެނގިހުރެ، އޭނާއަށް އެހީތެރިނުވުމުން
ރައުދުއަށް ދައުވާކޮށްފި، އަދަބަކީ އެންމެ މަހެއް
ދެ މީހަކު ޓެގު އެޅުވުމަށްފަހު ދޫކޮށްލައިފި، ބޮޑެތި ތުހުމަތުވާ މީހުންނަށް ލުޔެއް
ފިރިހެނަކު މޫނުބުރުގާ އަޅައިގެން ފިހާރައަކަށް ވަދެ 67،500ރ. ގެ ގަޑިއެއް ވަގަށް
ރައުދު ދޫކޮށްލަން އެދުނީ އަދަބަށްވުރެ ބަންދުގެ މުއްދަތު އިތުރުވުމުން: ޕީޖީ