ބ. އޭދަފުށީގައި 1000 ފްލެޓް ހަދަން ޗައިނާގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއު ހަވާލުކުރީ ޗައިނާގެ ސީނޯ ހައިޑްރޯ ކުންފުންޏާ އެވެ. މަޝްރޫއުގެ ދަށުން 15 ބުރީގެ 12 ޓަވަރު ހަދާނެ އެވެ. އެ ޓަވަރުތަކުގައި ތިން ކޮޓަރީގެ 336 އެޕާޓްމަންޓްތައް އަދި ދެ ކޮޓަރީގެ 672 އެޕާޓްމަންޓްތައް ހަދާނެ އެވެ.
އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ އޭދަފުށީގައި 15 ބުރީގެ 12 ޓަވަރު އެޅުމަށް ކަނޑައަޅާފައިވާ މައިގަނޑު ސަބަބަކީ އެ ރަށަކީ މި ސަރުކާރުން އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރާ ރަށެއް ކަމުން، ބިމުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށް ވާޓިކަލް ޑިވެލޮޕްމަންޓެއް މުހިންމުވާތީ ކަމަށެވެ.
އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ ގޮތަށް ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އެ މީހުން ދިރިއުޅޭ ސަރަހައްދުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ދިނުމަށާއި ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާގެ އިތުރުން ދަތުރުފަތުރުގެ ދާއިރާއަށް ބެލިޔަސް އޭދަފުއްޓަކީ ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް ހިންގަން ރަނގަޅު ރަށެއް ކަމަށް ވިދާޅުވި އެވެ.
”އޭދަފުށީ ވަށައިގެން ވަރަށް ގިނަ ރިސޯޓުތައް އެބަ އޮތް. ވަރަށް ގިނަ އަދަދެއްގެ ދިވެހިން މަސައްކަތް ކުރަމުން ގެންދޭ. އޭދަފުއްޓަކީ މަތީ ތައުލީމުގެ ވަރަށް ރަނގަޅަށް އިންސްޓިޓިއުޝަންތަކެއް ގާއިމުވެފައި އޮތް ރަށެއް. ސިއްހީ ހިދުމަތް އެކަށީގެންވާ ވަރަށް ދެމުންދާ ރަށެއް. އޭދަފުއްޓަކީ ކަނޑުމަގުންނާއި ވައިގެ މަގުން މާލެއަށް ދަތުރުކުރުމަށް ފަސޭހަކަން ލިބިގެންވާ ރަށެއް،“ މުއްތަލިބު ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވީ އަންނަ އަހަރު އެ މަޝްރޫއުއަށް ފައިނޭންސް ހަމަޖެހި، މަސައްކަތް ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި މި ދައުރު ނިމުމުގެ ކުރިން އެތަނުގައި މީހުންނަށް ދިރިއުޅެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވިދާޅުވި އެވެ.

1 Comment
ގުޅުންހުރި
ދައުލަތުގެ އާމްދަނީން މީޑިއާތަކަށް 0.1 ޕަސެންޓް ދޭން އިއުލާންކޮށްފި
މީޑިއާތަކަށް ފައިސާ ދިނުމުގެ އުސޫލު އެކުލަވާލައިފި
ކުށުގެ އަމަލުތަކަށް އަރައިގަންނަ ސަރަހައްދުތަކުން ކުޑަކުދިން ފެންނަ މިންވަރު އިތުރުވެއްޖެ
ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން ބޮޑު ސްކޭމެއް، 2.9 މިލިއަން ރުފިޔާގެ ގެއްލުން
މީޑިއާތައް 100،000 ރުފިޔާއިން ޖޫރިމަނާކުރެވޭ ގޮތަށް ހުށަހެޅި ބަހުސް ހޫނުވެފައި ވަނިކޮށް
2026 އަށް މަޖިލީހަށް ބަޖެޓް ކަނޑައެޅުމުގެ ބައްދަލުވުން ސިއްރުކޮށްފި