ބައިނަލްއަގުވާމީ ހަކުރު ބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެސްޓީއޯ މެޑިކަލް ސާވިސަސް އާއި ހުޅުމާލެ ހޮސްޕިޓަލް ގުޅިގެން ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ.
މީގެ ތެރެއިން ”އަކުއާ ފިޓްނެސް ފެސްޓް“ ނަމުގައި އެކްޓިވް ބީޗް ހަރަކާތްތަކެކެއް އިއްޔެ ވަނީ ހުޅުމާލޭގައި ކުރިއަށް ގެންގޮސްފަ އެވެ. އެ ހަރަކާތުގައި ހުޅުމާލޭގައި މަސައްކަތް ކުރާ ކޯޕަރޭޓް އޮފީސްތަކުގެ މުވައްޒަފުންގެ ތެރެއިން 100 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވި އެވެ.
އެސްޓީއޯ އިން ބުނީ، އެ ހަރަކާތުގެ މަގުސަދަކީ އެކްޓިވް ލައިފްސްޓައިލް ޕްރޮމޯޓްކޮށް މުއައްސަސާތަކުގެ މެދުގައި އެކުވެރިކަން ބަދަހިކުރުން ކަމަށެވެ. އެގޮތުން އެކި ޓީމުތަކަކަށް ބަހާލައިގެން އެ ފެސްޓުގައި ބޭއްވި އެކްޓިވް ހަރަކާތްތައް ރާވައި ހިންގާފައިވަނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުންނެވެ.
އެ ފެސްޓުގައި އެސްޓީއޯ އިން ވަނީ ކޮރެއާގެ އެސްޑީ ބަޔޯސެންސާ ބްރޭންޑްގެ ޔޫސާ ފްރެންޑްލީ އަދި ކޮލިޓީ ރަނގަޅު ހަކުރު މޮނިޓާކުރާ ޑިވައިސްއެއް ތައާރަފުކޮށްފަ އެވެ. ގޭގައިވެސް ބޭނުންކުރަން ފަސޭހަ އަދި ސްމާޓް މި ޑިވައިސް ސްމާޓް ފޯނާއި ކަނެކްޓް ކޮއްލުމަށްފަހު ހަކުރު މޮނިޓާ ކުރުމުން އޮޓޯ އިން ހަކުރު ހުރިވަރު ފޯނުގައި ރައްކާކުރެވޭނެއެވެ.
ހަކުރު ބަލީގެ ދުވަސް ފާހަގަކުރުމުގެ އެސްޓީއޯ އާއި ހުޅުމާލެ ހޮސްޕިޓަލުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހުޅުމާލެ ޕޮލިސް ސްޓޭޝަންގެ މުވައްޒަފުނަށްވެސް ހެލްތް ސްކްރީނިން ސެޝަންއެއް ކުރިއަށް ގެންގޮސްފަ އެވެ.
އެ ސެޝަަންގައި ހުޅުމާލެ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ އޮފިސަރުންނަށް ލޭގެ ޕްރެޝަރު، ބީއެމްއައި، އަދި ހަކުރު ޗެކްކުރުމަށްފަހު ހެލްތް ގައިޑެންސް ދީފައިވެ އެވެ. އޭގެ ތެރޭގައި ހަކުރު މެނޭޖުކުރުމަށް ގެނެވިދާނެ ލައިފްސްޓައިލް ބަދަލުތަކާއި ޑައިޓް ޕެލޭންސް، އެކްސަސައިޒް އަދި އިތުރު ބޭނުންތެރި މައުލޫމާތު ހިއްސާކޮށްފައިވެ އެވެ.
އެ ހެލްތް ސްކްރީނިން ސެޝަން މިއަދު އާންމުންނަށްވެސް ހުޅުވާލި އިރު، ޑައިބެޓިކް ޕޭޝެންޓުންނަށް ހާއްސަ ސެޝަންއެއް ބޭއްވުމަށްވެސް ވަނީ ނިންމައިފަ އެވެ. އެ ސެޝަންގައި ޑައިބެޓިކް ޕޭޝަންޓުންނަށް ބޭނުންވާ މުހިންމު ސިއްހީ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަސް އެސްޓީއޯ އިން ބުނެ އެވެ.




ގުޅުންހުރި
ކަރަންޓު މައްސަލަ ހައްލުކުރަމުން ދަނިކޮށް އަލިފާން ރޯވެ ސްޓެލްކޯގެ މުވައްޒަފަކު ފިހިއްޖެ
ބާއްޖަވެރި ދިރިއުޅުމެއް ހޯދުމުގެ އަޒުމު ކޮންމެ ދުވަހަކު އާކުރަން ވާނެ: ރައީސް
ތިންވަނަ ކުއާޓަރު: އެސްޓީއޯ އަށް 3.8 ބިލިއަންގެ އާމްދަނީއެއް, 186 މިލިއަންގެ
އެސްޓީއޯ އިން ރާއްޖޭގެ ބާޒާރަށް މުޅިން އަލަށް ހަތަރު ބްރޭންޑެއް ތައާރަފުކޮށްފި
އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި 23 ބާވަތް އެސްޓީއޯ އިން ބާޒާރަށް
އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި ކާބޯތަކެތި މި މަހު 15ގެ ފަހުން