ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެވެ އުޅުނު ބޯޓެއް ޑްރޯން ބޭނުންކޮށްގެން ހޯދާފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ބުނެފި އެވެ.
އެމްއެންޑީއެފް އިން ބުނީ ބޭރު ގައުމެއްގެ އެ އުޅަނދު ހޯދީ ސިފައިންގެ އެއާ ކޯ އާއި ކޯސްޓް ގާޑުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށާއި އެ އުޅަނދު މިހާރު ކޯސްޓް ގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ސިފައިން އާންމު ކުރި ފޮޓޯ އިން ފެންނަ ގޮތުގައި އެ ބޯޓަކީ ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެވެ އުޅެނިކޮށް އާންމުކޮށް އަތުލައިގަންނަ ވައްތަރުގެ މަސްބޯޓެކެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ ބޯޓެއް ކަމެއް އަދި އެ ބޯޓުގައި ތިބީ ކިތައް ފަޅުވެރިން ކަމެއް އެމްއެންޑީއެފުން އަދި ނުބުނެ އެވެ.
މީހަކު ނުވަތަ ބަޔަކު ގެއްލުނު އޮޕަރޭޝަނެއްގައި އެމްއެންޑީއެފް އިން ޑްރޯންގެ ބޭނުން މިހާތަނަށް ކޮށްފައިވާކަން އެނގިފައި ވަނީ އެންމެ ފަހަރަކު އެވެ. އެއީ އެޕްރީލް 20، ގައި މ. ރަތްމަންދޫ ބޭރުން ގެއްލުނު ދޯންޏެއް ހޯދުމަށެވެ.




ގުޅުންހުރި
ރައީސް ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފޭސް ދޭއްގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ނަޝީދު، ސަރުކާރަށް: ހިޔާލުފާޅުކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތްތައް ހުއްޓާލާ!
ތިން ބޭހެއްގައި ނުރައްކާތެރި ކެމިކަލެއް، ސަމާލުވޭ!
މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި އެމްޑަބްލިޔުއެސްސީން ބައިވެރިވެއްޖެ
އޭސީ އައުޓްޑޯ ޔުނިޓެއް ވަގަށް ނެގި މީހާ ބުނީ އެއީ މީހަކު
ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް ފަށަން ކަނޑު އުޅަނދުތައް ނަގަން އަންގައިފި