ސަރުކާރަށް މީޑިއާތަކުގެ ކޮންޓްރޯލް ލިބޭ ގޮތަށް އޮތް މީޑިއާ ކޮމިޝަންގެ ބިލު އަނބުރާ ގެންދިއުމަށް މަޖިލިހަށް މިހާރު ހުށަހަޅުއްވާފައިވާ ކަމަށް، އެ ބިލު ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާން އަބޫބަކުރު މިއަދު ވިދާޅުވެއްޖެ އެވެ.
ހަންނާނު ހުށަހެޅުއްވި އެ ބިލުގައިވާ ގޮތުން މީޑިއާ ކޮމިޝަންގައި ތިއްބަވާނީ ހަތް މެންބަރުންނެވެ. އެއީ މަޖިލީހުގެ ރުހުން ލިބިގެން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ހަތަރު މެންބަރުންގެ އިތުރުން މީޑިއާތަކުން އިންތިހާބުކުރާ ތިން މެންބަރުންނެވެ. ބިލުގައިވާ ގޮތުން މީޑިއާތަކުން ކޮމިޝަނަށް މީހުން އިންތިހާބު ކުރުމަށް އިންތިހާބު ބާއްވާނީ އިލެކްޝަންސް ކޮމިޝަން (އީސީ) އިންނެވެ.
ހަންނާން ވިދާޅުވީ ބިލު އަނބުރާ ގެނައުމަށް ނިންމާފައިވަނީ އެ ބިލު ބޭރުކޮށްލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާތީ ކަމަށެވެ.
”އަޅުގަނޑަށް މިހާރު ގަބޫލު ކުރެވެނީ އެ ބިލު ހުށަހެޅުމަކީ ބޭކާރު ކަމެއްގެ ގޮތުގައި. ސަބަބަކީ ޕީއެންސީގެ 77 މެމްބަރުންގެ މެޖޯރިޓީ އޮތްވެ، ރައީސް އެހެން ވިދާޅުވީމަ، ބިލު ހުށަހެޅުމުގެ ބޭނުމެއް ނެތް،“ ހަންނާން ވިދާޅުވިއެވެ.
ހަންނާނު ހުށަހެޅުއްވި އެ ބިލުގައިވާ ގޮތުން މީޑިއާ ކޮމިޝަންގައި ތިއްބަވާނީ ހަތް މެންބަރުންނެވެ. އެއީ މަޖިލީހުގެ ރުހުން ލިބިގެން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ހަތަރު މެންބަރުންގެ އިތުރުން މީޑިއާތަކުން އިންތިހާބުކުރާ ތިން މެންބަރުންނެވެ. ބިލުގައިވާ ގޮތުން މީޑިއާތަކުން ކޮމިޝަނަށް މީހުން އިންތިހާބު ކުރުމަށް އިންތިހާބު ބާއްވާނީ އިލެކްޝަންސް ކޮމިޝަން (އީސީ) އިންނެވެ.
އެ ބިލުގައިވާ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އުވާލައި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (މީޑިއާ ކޮމިޝަން) ގެ ނަމުގައި ކޮމިޝަނެއް ވެސް އުފައްދާނެ އެވެ.
އޭގެ އިތުރުން މީޑިއާތަކުން އަމަލު ކުރަން ޖެހޭ ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފު ވެއްޖެ ނަމަ 5،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށާއި ވަކިވަކި ނޫސްވެރިން 5،000ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.

ގުޅުންހުރި
ދައުލަތުގެ އާމްދަނީން މީޑިއާތަކަށް 0.1 ޕަސެންޓް ދޭން އިއުލާންކޮށްފި
މީޑިއާތަކަށް ފައިސާ ދިނުމުގެ އުސޫލު އެކުލަވާލައިފި
މީޑިއާތައް 100،000 ރުފިޔާއިން ޖޫރިމަނާކުރެވޭ ގޮތަށް ހުށަހެޅި ބަހުސް ހޫނުވެފައި ވަނިކޮށް
މީޑިއާގެ ބިލުގައި ދިފާއުގައި ހައްނާން ދީނީ ކާޑު ނަންގަވައިފި
ގާނޫނޫ އޮތް ގޮތުގެ ސަބަބުން އޭޑީއެޗްޑީ ހުންނަ ކުދިންނަށް ބޭނުންވާބޭހެއް އެތެރެ
ނާޒިމްގެ އަނބިކަނބަލުން ސީއެސްސީއަށް އައްޔަންކުރަނި