ނޮވެމްބަރ 22, 2024

ހުޅުމާލޭ ހޮސްޕިޓަލްގެ އިމަޖެންސީ ރޫމުގެ ޖާގަ ދެގުނަ ބޮޑުކުރަން އާރުޑީސީއާ ހާވަލުކޮށްފި

ހުޅުމާލޭ ހޮސްޕިޓަލްގެ އިމަޖެންސީ ރޫމް (އީއާރް) ބޮޑުކުރުމުގެ މަޝްރޫއު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފި އެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ހުޅުމާލޭ ހޮސްޕިޓަލްގެ އީއާރް ބޮޑު ކުރުމުގެ އެއްބަސްވުމުގައި މާލެ ގުރޫފް އޮފް ހޮސްޕިޓަލްސްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.

އެ އެއްބަސްވުމުގެ ދަށުން މިހާރު ހުޅުމާލޭ ހޮސްޕިޓަލުގައި ބޭނުން ކުރަމުން އަންނަ ހަތް އެނދުގެ އީއާރް ރޫމް 14 އެނދުގެ ޖާގައަށް ބޮޑު ކުރާނެ އެވެ. އެ މަޝްރޫއު އާރްޑީސީއާ ހަވާލުކުރީ ދެ މަސް ތެރޭ މަސައްކަތް ނިންމާ ގޮތަށެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ހަލީމް ވިދާޅުވީ އީއާރް ބޮޑުކުރުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ މަސައްކަތުގެ ތަޖުރިބާ ހުރުމާއި މިހާރު އެ ކުންފުނިން ކުރިއަށް ގެންދާ މަޝްރޫއުތައްވެސް ބޭނުންވާ ފެންވަރަށް ބާރު ސްޕީޑުގައި ނިންމާތީ ކަމަށެވެ.

އާރުޑީސީން ބުނީ ދެ މަސް ތެރޭގައި އެ މަސައްކަތް ނިންމަން ހަވާލުކުރި ނަމަވެސް ހުޅުމާލޭ ހޮސްޕިޓަލަކީ ދުވާލަކު އެތައް ބަޔަކު ހިދުމަތް ހޯދަމުންދާ ތަނަކަށްވާތީ އެ ކުންފުނީގެ އަމާޒަކީ އެ މުއްދަތުގެ ކުރިން މަސައްކަތްތައް ނިންމާލެވޭނެ ގޮތަކަށް ކަންކަން ތަރުތީބުކޮށްގެން ކުރިއަށް ގެންދިއުން ކަމަށެވެ.

ދާދި ފަހުން ޓާޝަރީ ފެންވަރަށް ތަރައްގީކޮށް ހުޅުވި ހުޅުމާލޭ ހޮސްޕިޓަލުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް އެ ހޮސްޕިޓަލްގެ އިމަޖެންސީއާއި ޖީއޯޕީޑީ ހިދުމަތް 250،000 އަށްވުރެ ގިނަ މީހުން ހޯދާފައިވެ އެވެ.

4 Comments

  • Ahmed Vaarey ނޮވެމްބަރ 19, 2024

    Fasthareege fenvarah hadhaa hulhuvi thanei haadha avahah bodukuran jehunee. Demand bodu v dho fenvaru rangalhu v ma?

  • Misteru Freeze ނޮވެމްބަރ 19, 2024

    Dhen hulhuvaanee quarternary level ga thithan nimuneema

  • Ibbe Rash ނޮވެމްބަރ 19, 2024

    RDC aai havaalu kuran vaane Nazim hury party aai ekyga eh nun dho😂😂😂

  • Ahmed Azneem ނޮވެމްބަރ 20, 2024

    Doctarun ithuru kohbala ehen kameh nukoh

Leave a Reply