އިޒްރޭލުން، ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމާ ދެކޮޅުކަން އަންގައިދިނުމުގެ ގޮތުން މަނާކުރަންވީ އިޒްރޭލު ހުރިހާ ރައްޔިތުންގެ ޕާސްޕޯޓުގެ ބަދަލުގައި ގަތުލުއާންމު ހިންގާ އިޒްރޭލު ރައްޔިތުންގެ ޕާސްޕޯޓް އެކަނި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ފަރާތުން އިޒްރޭލްގެ ޕާސްޕޯޓު މަނާކުރުމަށް އިމިގްރޭޝަން ގާނޫނަށް ހުށަހެޅި އިސްލާހާ ގުޅޭ ގޮތުން ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގައި ވިދާޅުވީ، ކެބިނެޓުން ވަނީ އިޒްރޭލު ޕާސްޕޯޓް އޮންނަ ހުރިހާ މީހުން ރާއްޖެއަށް އެތެރެވުން މަނާކުރަން ނިންމައިފައުި ކަމަށެވެ. ނަމަވެސް އިޒްރޭލު ޕާސްޕޯޓުގައިސައުތު އެމެރިކާއާއި އެމެރިކާ އަދި އާޖެންޓީނާ ފަދަ ގައުމުތަކުގައި ދިރިއުޅޭ މީހުން ވަރަށް ގިނަވާނެ ކަމަށެވެ.
ނާޒިމް ވިދާޅުވީ ޖޯޑަން އާއި އަރަބި ބައެއް ގައުމުތަކާއި ފަލަސްތީން މީހުން ވެސް ބޭނުން ކުރަނީ އިޒްރޭލްގެ ޕާސްޕޯޓު ކަމަށް ނާޒިމް ވިދާޅުވި އެވެ.
”މިސާލަކަށް ދަންނަވާ ކަމަށް ވަންޏާ އާޖެންޓީނާ އަކީ ވަރަށް ގިނަ އިޒްރޭލް މީހުން ތިބޭ ގައުމެއް، ވަރަށް ގިނަ ޔަހޫދީން ހިޖުރަ ކުރި ގައުމެއް. އެ މީހުން އާޖެންޓީނާ ޕާސްޕޯޓަށް ވުރެ ގިނައިން އިޒްރޭލް ޕާސްޕޯޓު ބޭނުން ކުރަނީ. އެއީ އެމެރިކާ އަށް ވެސް ފަސޭހައިން ދެވޭތީ،“ ނާޒިމް ވިދާޅުވި އެވެ.
އިޒްރޭލު ޕާސްޕޯޓުގައި މިހާތަނަށް ރާއްޖެއަށް އައިސްފައިވަނީ ކިތައް މީހުންތޯ ބެލުން މުހިންމު ކަމަށް ނާޒިމް ވިދާޅުވި އެވެ.
އެ ޕާސްޕޯޓުގައި މީހުން ރާއްޖެ އަންނަނީ ހަމައެކަނި ޓޫރިޒަމްގެ ބޭނުމަށްތޯ ނުވަތަ އެހެން މަސައްކަތެއްގައި ރާއްޖެ އައިސް އުޅޭތޯ ވެސް ބެލުން މުހިންމު ކަމަށް ނާޒިމް ވިދާޅުވި އެެވެ.
”އަޅުގަނޑުމެންނަށް ބުރައެއް ނުވާނެ އިޒްރޭލްގެ ޕާސްޕޯޓަކަށް ވީތީ ބޭން ކުރާކަށް،“ އޭނާ ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި އދ. އިން ވެސް އެފަދަ މައްސަލަތަކުގައި ފިޔަވަޅު އަޅަނީ އަސްކަރީ ހަރަކާތްތަކުގައި ބައިވެރިވާ ނުވަތަ އިންސާނީ ހައްގުތައް ހިފެހެއްޓުމުގައި އުޅޭ މީހުންނަށެވެ.
އެގޮތަށް އަސްކަރިއްޔާގައި އުޅޭ މީހުންގެ ޕާސްޕޯޓު ރާއްޖެ އިން މަނާ ކުރުމަކީ ވެސް ފިޔަވަޅު އެޅިދާނެ އެއްގޮތް ކަމަށް ނާޒިމް ވިދާޅުވި އެވެ. އެކަން ކުރުމަށްޓަކައި އެ މައުލޫމާތުތައް ވެސް ހޯދަން ޖެހޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ސަރުކާރުން އިޒްރޭލް ޕާސްޕޯޓު އެއްކޮށް މަނާ ކުރަން ނިންމާފައިވީ ނަމަވެސް މަޖިލީހުން ދިރާސާ ކުރުމަށް ފަހު އެހެން ގޮތަކަށް ލަފާ ދޭން ބޭނުން ނަމަ އެކަން ވެސް ކުރެވިދާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
”ޓާގެޓް ކުރާނީ ގަތުލުއާންމު ހިންގާ ފަރާތްތަކަށް ނަމަ އެކަން އެގޮތަށް ކުރެވިދާނެ،“ އޭނާ ވިދާޅުވި އެވެ.
މަނާކުރަންވީ ފަލަސްތީނުގައި ގަތުލުއާންމު ހިންގާ މީހުންގެ ޕާސްޕޯޓް އެކަނި: ނާޒިމް

ގުޅުންހުރި
ޔުމްނު ”ވެއްޓުނު“ ހާދިސާގައި ބޮޑުބޭބެ ކިޔާ ދެ މީހަކު ބައިވެރިވި ކަމަކަށް
ދަންވަރު ކޮމިޓީ ބާއްވައި، ބައި-އިލެކްޝަންސް ނުބާއްވާ ބިލު ފާސްކޮށްފި
ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ނުދިނުމުން އަލީ ހުސެއިން: އިބިލީހަށް ވެސް އެ
ރަނގަޅަށް މަސައްކަތް ނުކުރެވިގެން މި އުޅެނީ މުވައްޒަފުންގެ ދަތިކަމާހުރެ: ހައިދަރު
ޕަބްލިކް ވޯކްސްއަށް ގެނައި ޑްރެޖަރުތަކާއި ލޭންޑިން ކްރާފްޓުތައް ގެއްލިއްޖެ
މަގޫދޫގައި އެއާޕޯޓެއް އަޅަން ނިންމުމުން މިނިސްޓަރަށް ގޯސްވީ ކުރީ ސަރުކާރު!