އިޒްރޭލްގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ޔޯއަވް ގަލަންޓް ހައްޔަރު ކުރުމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) އިނ އަމުރުކުރުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.
އިނގިރޭސިވިލާތުގައި މި ހުންނަވައިގެން ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންސާނިއްޔަތާ ހިލާފު އަދި ހަނގުރާމައިގެ ޖަރީމާތަކެއް ހިންގާފައިވާތީ ނަތަންޔާހޫ ހައްޔަރުކުރަން އައިސީސީން ނެރުނު އަމުރަށް ރާއްޖެ އިން ފުރިހަމަ އަށް އިހުތިރާމް ކުރާ ކަމަށެވެ.
”ސަރަހައްދީ ހަމަޖެހުމަށްޓަކައި ބައިނަލްއަގްވާމީ ގާނޫނުތައް ނަގަހައްޓަައި ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައި ދިނުމަކީ ކޮންމެހެން މުހިންމު ކަމެއް،“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އައިސީސީގެ އެ އަމުރަކީ އިޒްރާއީލުން، ފަލަސްތީނުގައި ހިންގަމުންދާ ހަނގުރާމަވެރި ޖަރީމާތަކާއި އިންސާނިއްޔަތާއި ހިލާފަށް ދެމުން އަންނަ ހަމަލާތަކަށް އެމީހުން ޒިންމާދާރު ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
އައިސީސީން ވަނީ ހަމާސްގެ އަސްކަރީ ވެރިޔާ މުހައްމަދު ޟައީފް ހައްޔަރު ކުރަން ވެސް އަމުރު ނެރެފަ އެވެ.
”އިންސާނިއްޔަތާ ހިލާފ ޖަރީމާތައް ހިންގުމާއި ހަނގުރާމައިގެ ކުށްތައް 8 އޮކްޓޫބަރު 2023 އިން، މި މީހުން ހައްޔަރުކުރުމުގެ އަމުރަށް އެދި ޕްރޮސިކިއުޓަރުން މައްސަލަ ހުށަހެޅި ތާރީހު ކަމަށްވާ 20 މެއި 2024 އަށް ހިންގާފައި ވާތީ ބެންޖަމިން ނަތަންޔާހޫ އާއި ޔޯވް ގަލަންޓާއި ދެ މީހުން ހައްޔަރުކުރުމަށް އަމުރު ނެރެން،“ ދަ ހޭގްގައި ހުންނަ އައިސީސީން ބުންޏެވެ.
ނަތަންޔާހޫ އާއި ގަލަންޓް ހައްޔަރުުކުރުމުގެ އަމުރަކަށް މިދިޔަ މެއި މަހު އެދުނީ އައިސީސީގެ ޕްރޮސެކިޔުޓާ ކަރީމް ޚާން އެވެ. އެއީ ފަލަސްތީނުގައި ހިންގަމުންދާ ބަނޑަށް ޖެއްސުމާއި މީހުން މެރުމާއި ނަސްލު ނައްތާލުމުގެ ޖަރީމާތަކާ ގުޅިގެންނެވެ.




ގުޅުންހުރި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
ފަލަސްތީން ރައްޔިތުން ސޯމާލީލޭންޑަށް ބަދަލުކުރަން އިޒްރޭލުން ރާވަނީ!
ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ބައެއް ނޫން، އެއީ ވެރިކަމުގެ ފަށަލައެއް:
ފިކުރީ މުދާ ހިމާޔަތްކުރާ އޮފީސް އުފައްދައިފި
”ޕްރޮޖެކްޓް އައިލާ“ ގެ ނަމުގައި ”ސަސްޓެއިނަބަލް ޓައުންޝިޕް“ އެއްގެ ގޮތުގައި އެސްއީޒެޑްއެއް
މިމަހު އެކަނިވެސް 96 މަސާޖު ޕާލާ ބަންދުކޮށްފި